ކ. މާލެ
|
23 މާރޗް 2020 | ހޯމަ 13:23
ސައުދީ ރަސްގެފާން
ސައުދީ ރަސްގެފާން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށްފި
 
މިއީ ކޮވިޑް-19 ފެތުރުން ހުއްޓުމުގެ ގޮތުން އެޅިގެންދިޔަ ފިޔަވަޅެއް
 
ރޭގަނޑު 7:00 އިން ހެނދުނު 6:00 މަގުތަކަށް މީހުން ނިކުތުމާއި އެއްވެއުޅުން ވަނީ މަނާކޮށްފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށްފި އެވެ.

ސައޫދީގެ ޕްރެސް އެޖެންސީން ބުނާގޮތުގައި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއުޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ. އެއާއެކު އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ސިވިލް އަދި މިލިޓަރީ ފަރާތްތަކަށް މިއަމުރު ތަންފީޒުކުރުމަށް އަންގާފަ އެވެ.

ކާފިއު އިއުލާންކުރުމާއެކު ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުން މަސައްކަތަށް ނިކުންނާކަށް ނުޖެހެއެވެ. ސައޫދީގައި ކާފިއު އިއުލާންކުރުމަށް ސަލްމާން ރަސްގެފާނު އަމުރުކުރައްވާފައި މިވަނީ އެގައުމުގެ 119 މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއާއެކު އެގައުމަށް މިވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން މައްކާ އާއި މަދީނާގައިވާ މުސްލިމުންގެ ދެ ހަރަމްފުޅު ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ.

މީގެއިތުރުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސައޫދީއިންވަނީ އުމްރާއަށް ވިސާ ދޫކުރުމާއި ފަތުރުވެރިކަމަށް ވިސާ ދޫކުރުންވެސް ހުއްޓާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
0%
67%
0%
0%
0%
ކޮމެންޓް