ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 07:16
އިންޑިޔާ- އެތައް ހާސް ބަޔަކު ވަނީ އަނބުރާ ވިލެޖްތަކަށް ދާންފަށާފައި
އިންޑިޔާ- އެތައް ހާސް ބަޔަކު ވަނީ އަނބުރާ ވިލެޖްތަކަށް ދާންފަށާފައި
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19: އިންޑިއާގައި ވައިރަސް ފެތުރެން ފެށުމާއެކު ސިޓީތަކުގައި އުޅޭ ވިލެޖްތަކުގެ މީހުން އަނބުރާ ވިލެޖްތަކަށް ދާން ފަށައިފި
މިހާތަނަށް 300 ށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައި
މުމްބާއީގެ ހުރިހާ އޮފީސްތަކާއި ފިހާރަތައް މަރޗްމަހުގެ 31 އާ ހަމައަށް ވަނީ ބަންދުކޮށްފައި

އިންޑިއާގައި ކޮވިޑް-19 ފެތުރުން ފެށުމުން ފިޔަވަޅުތައް އަޅަންފެށުމުން ސިޓީތަކުގައި އުޅެމުންދާ އެތައް ހާސްބަޔަކު އަނބުރާ ވިލެޖްތަކަށް ދާންފަށައިފި އެވެ.

އިންޑިއާގައި މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ އަދަދު 300 ށް ވުރެ މައްޗަށް އަރައެވެ. މީގެތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ މުމްބާއީން އިން ރިޕޯޓްކޮށްފައިވާ މީހެކެވެ. މުމްބާއީއަކީ އިންޑިއާގެ އިގްތިޞާދީ މައިހަބެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ސިޓީއެވެ. މިހާތަނަށް އިންޑިއާ އިން 4 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވަފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިޔާގެ ރައްޔިތުން ގޭގައި ތިބުމަށް ގޮވާލައްވާފައެވެ. އަދި މުމްބާއީގެ ހުރިހާ އޮފީސްތަކާއި ފިހާރަތައް މާރޗް މަހުގެ 31 އާ ހަމައަށް ވަނީ ބަންދުކޮށްފައެވެ. ކޮންމެހެން ހުޅުވަންޖެހޭ ތަނެއްނޫނީ ނުހުޅުވުމަށް ވަނީ އަންގާފައެވެ.

ރިކްޝާ އަދި ކާނާގެ ބާވަތްތައް ވިއްކުމުގައި ހަރަކާތްތެރިވާ އާދައިގެ ވިޔަފާރިވެރިންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެއާއެކު އެމީހުންނަށް މަޖުބޫރުވެފައިވަނީ އަނބުރާ އެމީހުންގެ އުފަން ވިލެޖްތަކަށްދާށެވެ. އެތަންތަނުގައި އެމީހުންނަށް ކުއްޔަކާ ނުލާ އަދި އަގުހެޔޮކޮށް ކާނާގެ ބާވަތްތައް ލިބެއެވެ.

ހޮނިހިރު ދުވަހު މުމްބާއީގައި ދިރިއުޅެމުންދާ އެތައް ސަތޭކަ ޒުވާނުންނެއް ވަނީ މާސްކު އަޅައިގެން އެމީހުންގެ ފޮށިތައްމަތި ހިފައިގެން އެމީހުންގެ ވިލެޖްތަކަށް ދިޔުމަށް ޓްރެއިން ސްޓޭޝަންތައް ކައިރީގައި ކިޔު ހަދާފައެވެ. ހުކުރު ދުވަހު އިންޑިއާ ސަރުކާރުން ހިންގާ ރެއިލްވޭ އޮޕަރޭޓަރުންވަނީ މުމްބާއީގައި ދިރިއުޅެމުންދާ އެހެން ވިލެޖްތަކުގެ މީހުން އެމީހުންގެ ވިލެޖްތަކަށް ގެންދިޔުމަށް އެކަމަށް ޚާއްސަކޮށް 17 ޓްރެއިން ބާއްވާފައެވެ.

އެއާއެކު ފަގީރު ހިސާބުތަކަށް މިވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ހެލްތު ސްޕެޝަލިސްޓުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ މިގޮތަށް ދަތުރުކުރާނަމަ 1.3 ބިލިއަން މީހުން ދިރިއުޅެމުންދާ އިންޑިއާއަށް މިއީ ބިރުވެރި ސިގްނަލެކެވެ.

ޓްރެއިންތަކަށް އެމީހުން އެރުވުމުގެ ކުރިން ސްކްރީންކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އަވަސް އަރުވާލައިގެން އަވަހަށް ދާން އުޅޭ މީހުން ރަނގަޅަށް ސްކްރީން ކުރެވެމުންނުދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް