ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 21:52
ނޭޕާލް މެޑިކަލް ކޮލެޖް
ނޭޕާލް މެޑިކަލް ކޮލެޖް
ކޮލެޖަސްނޭޕާލް
ކޮވިޑް-19
ކޮވިޑް-19: ރާއްޖެއަށް އެނބުރި ދާތީ ނުރުހުން ނުވޭ، ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި!
ނޭޕާލްގެ ސަރުކާރުން އަޅައެއްނުލާ
ފޮރިން މިނިސްޓްރީންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭ
ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭގައި

އާއިލާ އާއި ދުރަށް ގައުމު ދޫކޮށް ދަނީ ގިނަ ހުވަފެންތަކާއެކުއެވެ. ގިނަ އުފާތަކެއް ގުރުބާން ކުރުމަށްފަހުއެވެ. މުޅި އުމުރު ދުވަހު ދުށް ހުވަފެންތައް ހަގީގަތަކަށް ހެދުމަށެވެ. މައިންބައިފައިންނާއި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މަގުސަދުގައެވެ. ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ގިނަ ދިވެހިން ތައުލީމު ހާސިލުކުރަމުންދާއިރު، އެކުދިންނަށް މިއަދު މިވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ބީރަށްޓެހި ގައުމެއްގައި އާއިލާއާއި ދުރުގައި ހުންނަން ޖެހުމުން ލިބޭނެ ހިތްދަތަން އިތުރުވެގެންދަނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ނެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ބައެއް ކުދިން މިދަނޑިވަޅުގައި ރާއްޖެއަށް އައުމަށް ބޭނުންވާއިރު، މިހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ ދަތުރުނުކޮށް ތިބި ގައުމުތަކުގައި މަޑުކުރުމެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ހާލަތު ގޯސްވަމުންދާތީ ދިވެހި ދަރިވަރުންނަށް ރާއްޖެ އަންނަން މަޖުބޫރުވެފައިވާކަމަށް ބައެއް ދަރިވަރުން ބުނެއެވެ.

ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަން ހުރި ދިވެހި ދަރިވަރަކު ކިޔާދިން ގޮތުގައި އެގައުމުގެ ހާލަތު ގޯހެވެ. ކޮވިޑް-19ގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމަށް ދިއުމުން މާބޮޑު ސަމާލުކަމެއްނުދޭ ކަމަށާއި، ފޮނުވާލީ ގެއަށް ކަމަށް އޭނާ ބުންޏެވެ. އަދި ރިފަރ ކުރީ އަމިއްލައަށް ޓެކްސީއެއްގައި ހޮސްޓެލްއަށް ދިއުމަށް ކަމަށެވެ.

މިޒުވާނާ އިތުރަށް ބުނީ ކަތަމަންޑޫ ހޮސްޕިޓަލަށް ދިއުމުން ތިން ދުވަސް ވަންދެން ޓެސްޓު ނުހެދި ހުންނަންޖެހުނު ކަމަށެވެ. އަދި ނަތީޖާ ނެގެޓްވި ނަމަވެސް މީހުންނާއި އެކަހެރި ނުކުރާކަން އޭނާ ފާހަގަކުރިއެވެ.

އެއްވެސް ޕްރޮފެޝަނަލިޒަމްއެއް ނެތް. އެވަރުގެ ބޮޑު ބައްޔެއްގެ ކަންކަމުގައި. ގައުމުން ސެނިޓައިޒަރ، ސަރޖިކަލް މާސްކް ނުލިބޭ. ޑޮކްޓަރުން ގާތުގައި އަމިއްލައަށް ފަހައިގެން މާސްކް ގެންގުޅުމަށް ސަރުކާރުން ބުނަމުންދަނީ. ހޮސްޕިޓަލްތަކުގައި އެކަށީގެންވާވަރަށް ސާމާނެއް ނެތް
ޑޮކްޓަރުކަން ކިޔަވާ ދަރިވަރެއް

ނޭޕާލްގައި އިތުރަށް މަޑުކޮށްފިނަމަ ބައްޔަށް ހުށަހެޅުމުގެ ބިރުބޮޑެވެ. އެގައުމުގެ ސަރުކާރުން މާބޮޑު އަހައްމިއްޔަތުކަމެއް ދިވެހި ދަރިވަރުންނަށް ނުދޭ ކަމަށް އެޒުވާނާ ބުންޏެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް މިކަންބޮޑުވުންތަށް ގެނެސްފައިވާ ކަމަށާއި، މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރިއެވެ.

މިގައުމުގަ 01 ކޭސް އަދި ފެނުނީ. އެކަމަކު ހާލަތު ވަރަށް ގޯސް މަންޒަރު އަޅުގަނޑުމެންނަށް އެބަފެނޭ. ބައެއް މީހުން ގުޅާފަ ބުނޭ އަންނާނެ ކަމެއް ނެތޭ. އެހެން ބުނާތީ އަސްލު ވަރަށް ދެރަވޭ. މިގައުމުތަކުގެ ހާލަތު ދިވެހިންނަށް އެނގޭނަމަ އެހެން ނުބުނާނެ ކަންނެތްގެ.
ނޭޕާލްގައި ކިޔަވާ ދަރިވަރެއް

ޑޮކްޓަރީކަން އުގެނުމަށް ގޮސް އުޅޭ މިދަރިވަރުން ދިރިއުޅެމުންދާ ހޮސްޓެލްއާ ބޭހޭ ގޮތުން އެޒުވާނާ ބުނީ މީހުން ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެތަން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހޮސްޓެލްގެ އެންމެން ބޭނުންކުރަމުންދަނީ އެއް ޑައިނިން ހޯލެއް ކަމަށެވެ.

ޕޯހަރާ ސިޓީގައި މިހާރު ތިބި ބައެއް ކުދިން ރާއްޖެއައުމަށް ވަނީ ދަތުރުފަށާފައެވެ. އަދި އެކުދިން 14 ދުވަސްވަންދެން ރާއްޖޭގައި ކަރަންޓީންކުރާނެއެވެ. ނަމަވެސް ބައެއް ދިވެހި ދަރިވަރުން އަދިވެސް ތިބީ ނޭޕާލްގައެވެ. އަޅާލާނެ ބަޔަކު ނެތި އެކުދިން ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މާދަމާ ވެސް އެގައުމު ލޮކްޑައުން ކުރާ ހާލަތަކަށް ގޮސްފިނަމަ ކާބޯތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވާނެކަން އެކުދިން ފާހަގަކުރެއެވެ.

މިހާލަތު ރާއްޖެއަށް ދަތުރުކޮށްފައި އައުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ބައެއް ދަރިވަރުންނާއި، އާއިލާތައް އެގައުމުތަކުގައި ދިރިއުޅެމުންދާ ހާލަތާއި، ކުރިމަތިވާ ދަތިތައް ބެލުމަކީ މުހިންމު ކަމެކެވެ. އަދި ރާއްޖެއައުމަށް މަސައްކަތް ކުރާތީ ބައެއް ފަރާތްތަކުން އެކަމާ ފާޅުގައި ދެކޮޅު ހަދައި ނުރުހުމުގެ ބަސްތައް ބޭނުންކުރަމުންދާއިރު މިދަނޑިވަޅަކީ އެންމެން އެއްބައިވަންތަވާންވީ ވަގުތެވެ. އެހީތެރިވާންވީ ވަގުތެއެވެ.

- ކޮމެންޓް
23 މާރޗް 2020 | ހޯމަ 20:56
އަލީ
އިންޑިއާގެ ނުފޫޒގައި ހުންނަ ގައުމުތަކުގެ ހާލު. ރާއްޖެއަށް ވެސް އެހެން ވާން އިންޑިއާ ބޭނުންވާނީ.
22 މާރޗް 2020 | އާދީއްތަ 12:12
ޙަ އްވަ
ތީހަަމަ ބަ އެއ އް ދިވެހިންގެ ވާހަކަ ހުރިގޮތް! ކީ އްކުރަންހޭ އައ އީ! މިގެ އަށް ނަ އަންނާށޭ! ބަލަ އެތަނެ އްގެ ހާލަތު ހުރިގޮތުން އެތާތިބެން ނޭދޭ މީހުން އެމީހުނަށް ހެޔޮ އެދޭ އާ އިލާ ބަޔަކު ތިބި އްޔާ އެތަނަކަށް ދި އުމަކުން މަ އްސަލަ އެއ އް ނެތެ އްނުން! ދެންތިބި މީހުން ކަ އިރި އަށް ނުދިޔަ އިމަ އެމީހުން ސަލާމަތުން ތިބޭ!