ކ. މާލެ
|
20 މާރޗް 2020 | ހުކުރު 01:09
ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓު
ބިނާކުރުވަނިވި ފާޑުކިޔާ. ނޫންނަމަ އުއްޑުންއޮވެ ކޮނުނު ވަޅުގަނޑަށް ބޯކޮޅުވަތައް ވެއްޓިދާނެ!
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ރައްޔިތުންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދޭނެ ކަމަށް ރައީސް ވިދާޅުވި
ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ރައްޔިތުންގެ ހައްގުތަކަށް ވަނީ އަރާގަނެފައި

ދުނިޔޭގަ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިވަނީ ރާއްޖޭގެ އިންފާރުން އެތެރެވެފައެވެ. ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންނާ އެބޭފުޅުންގެ ބާރުފޯރާ ބައެއް ޗެނަލްތަކާ ނޫސްމަޖަލްލާތަކުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ވާހަކަތައް ކެނޑިނޭޅި ދައްކަވަމުން އެބަދެއެވެ.

އެކި ގައުމުތަކުން މިހާރުވެސް މިބަލިމަޑުކަމަށް ސިޔާސީ ފިކުރު ނުވެއްދުމަށް ތަކުރާރުކޮށް ގޮވަމުންދާ އަޑު ނީވޭހެއްޔެވެ؟ މިހާރު މި ރާއްޖެއިން ފެންނަމުން މިދަނީ މި ނާތަހުޖީބު އަމަލުތައް ކެނޑިނޭޅި ހިންގަމުން ދާތަނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ރައްޔިތުންގެ ހައްގުތަކާ ނޫސްވެރިންގެ ގަލަންތަކުގެ ދެލި ފަޑުކޮއްލި ދުވަސް ތަކުގެމަތިން ހަދުމަފުޅުނެތުނީހެއްޔެވެ؟

މިއަދުގެ ސަރުކާރުން ދުލާގަލަމުގެ މިނިވަންކަން ދިނުމުގެ މާނައަކީ ހިތުހުރިހާ އެއްޗެއްކިޔާ ގައުމުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ހާސްކަމެއްގެ ތެރެއައް ގަންބާލުންހެއްޔެވެ؟ ކޮވިޑް-19 އާ ބެހޭ ގޮތުން މިސަރުކާރާ ދެކޮޅު ބައެއް ބޭފުޅުން ތަފާތު ވާހަކަތައް ދައްކަވަމުންދާއިރު، މަހުގެ މާރޗް 13ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހިނިއަންނަވަރުގެ ވާހަކަފުޅެކެވެ.

މިރޯގާއިން ނުވަތަ މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އަދި ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާކޮންމެކަމެއްގައި އަޅުގަނޑުމެންގެ ދެޕާޓީގެފަރާތުން ފުރިހަމައެއްބާރުލުން ލިބޭނެ.ދެން އެހެންނަމަވެސް ސަރުކާރަކުން މިހާތަނަކަށް އަޅުގަނޑުމެންނަކާ މަސްވަރާކޮއްފަ އެހީތެރިކަމަކަށް އެދިފައެއްނެއް.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ދަންނަވަންތޯއެވެ! މިވަގުތު ސަރުކާރުން ތިބޭފުޅުންގެ ފަހަތުން ހިނގުމަށްވުރެ ސަރުކާރުގެ އަޑުއަހާ ކިޔަމަންތެރިކަން ދެއްކުން މާ ބުއްދިވެރެއެއްނުންތޯއެވެ؟ ޕީޕީއެމް އަދި ޕީއެންސީގެފަރާތުން ފުރިހަމައެއްބާރުލުން ލިބޭނެ ބަހުގެ މާނައަކީ ފިތުނަފަސާދައާ ގައުމުގައި ބިރުވެރިކަން އުފެއްދުންހެއްޔެވެ؟ މިވަރުން ފުދުނީކީވެސް ނޫނެވެ. ދެންފެނުނީ 18 މާޗް ވީދުވަހު ބުދަ ދުވަހު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެކެވެ.

މިބަޔާނު ފުރަތަމަ ޕޮއިންޑް ގައި ބުނެފައިވަނީ"މިވައިރަސް ހުރިތޯ ބެލުމަށް ވީހާވެސް ގިނަ ބަޔަކު ޓެސްޓު ކުރުމަށް ބޭނުންވާ ވަސީލައްތައް ހޯއްދަވައި ޓެސްޓުތައް އަވަސް ކުރުމަށެވެ."

ދަންނަވަންތޯއެވެ. 14 މާޗް ގައި ސިއްޚަތު ޖަމުއިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ 5000 ކިޓް ވަނީ ހަދިޔާކޮށްފައެވެ. އަދި 1000 ކޮންފޮމެޓަރީ ކިޓް ވެސް ރާއްޖެއަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯރްޓަރީގައި ޓެސްޓުކުރެވެ އެވެ. މީގެ ކުރިން 1000 މީހުންނަށް ޓެސްޓު ހެދޭ ވަރަށް ކިޓް ރާއްޖެއަށް ޑަބްލިޔުއެޗްއޯއިން ހަދިޔާކޮށްފަވެއެވެ. އަދިވެސް މިސަރުކާރުން ދަނީ އިތުރު އެހީތަކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޕީއެންސީ އަދި ޕީޕީއެމްގެ ބައެއް މެމްބަރުން ރައީސް އޮފީސްއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

މިކަން ވެސް ތިބޭފުޅުން ފާހަގަކުރެއްވިއިރު، މިސަރުކާރުން މިކަން މިވަނީ މާފުރިހަމައަށް ކޮށްފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ ބޮޑަށް އިތުރުކަމެއް އިސްނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ.

ދެވަނަ ޕޮއިންޓް ފާހަގަކޮފައިވަނީ"ރާއްޖޭގެ ވިޔަފާރިތަކާއި މުޅި އިގްތިސާދައް ކުރަމުންދާ އަސަރުތައް ދެނެގަނެ، ވީހާވެސް އަވަހަކަށް ފިޔަވަޅު ތަކެއް އެޅުއްވުމަ ގޮވާލަމެވެ.ހަމައެފަދައިން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށެވެ."

މިހިސާބުން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ. އެގޮތުން ރާއްޖެއިން ކޮވިޑް-19 ފެނުނު ދުވަހުން ފެށިގެން މިއަދާއަށް މިބަޔާންނެރުނު ފަރާތްތަކުން ތިބީ ނިދިފަތޯއެވެ؟ ހޭއެރުމާއެކު ދިވެހި ރައްޔިތުންގެ މަތިން ހަދުމަފުޅުވީތޯއެވެ؟ ބަޔާނެއް ނެރުއްވިއިރު ފާއިތުވެދިޔަ 48 ގަޑިއިރު ރާއްޖޭގައި ހިނގިކަންކަން ނޭނގުނީތޯއޭ؟

މިހާރު މިވަނީ ތިހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައެވެ. މިސަރުކާރަށް މިވަގުތު އެއްބާރުލުން ދިނުން ރަނގަޅުވާނެއެވެ. ސަރުކާރު ޒިންމާދާރުކުރުމުގެ ނިޔަތުގައި ފާޑުކިޔާނަމަ ބިނާކުރުވަނިވި ފާޑުކިޔާށެވެ. ނޫންނަމަ އުއްޑުންއޮވެ ކޮނުނުވަޅުގަނޑަށް ބޯކޮޅުވަތައް ވެއްޓިދާނެއެވެ!

- ކޮމެންޓް