ކ. މާލެ
|
18 މާރޗް 2020 | ބުދަ 23:11
ރައީސުލްޖުމްހީރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު
ރައީސުލްޖުމްހީރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު
ޔޫސުފް ސޮފްވާން ރަޝީދު
ޚަރަދު ކުޑަކުރުން
ތިންބާރާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައަށް އައި ބަދަލާއެކު ކުޑަވީ އެންމެ ދޮޅު މިލިއަން ރުފިޔާ
މިފާސްކުރި ފާސްކުރުމާއެކު 1,460,225 ރުފިޔާ ކުޑަވެގެން ދޭ
މިހާރު މުސާރައަށް މަހެއްގެ މައްޗަށް ހޭދަކުރަނީ 12,354,175 ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ފަނޑިޔާރުންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިން %20 ކުޑަކުރުމަށް ފާސްކޮށްފަ އެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ފަނޑިޔާރުންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައަށް މަހެއްގެ މައްޗަށް ހޭދަކުރަނީ 12,354,175 (ބާރަމިލިއަން ތިންލައްލަ ފަންސާސް ހަތަރު ހާސް ސަތޭކަ ހަތްދިހަ ފަސް) ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އަންނާނެ ހީނަރުކަމާއެކު އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މިފިޔަވަޅުގެ ސަބަބުން ދައުލަތުން މިހާރު މިތަންތަނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ހޭދަކުރާ މިންވަރުން ޖުމްލަކޮށް ރައްޔިތުންގެ މަޖިލީހުން މިފާސްކުރި ފާސްކުރުމާއެކު 1,460,225(އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް ދުއިސައްތަ ފަންސަވީސް) ރުފިޔާ ކުޑަވެގެން ދެއެވެ.

މިބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައަށް އަންނާނެ ބަދަލުތަކަކީ:

- ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 53،125 ރުފިޔާ އަދި އެލަވަންސް ތަކާއެކު 73،125 ރުފިޔާ

- 20% ކެނޑުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިވަޑައިގަންނަވާނެ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ އާއެކު އެލަވަންސް ތައް ލައިގެން 62،500 ރުފިޔާ

- ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 51،000 ރުފިޔާ އަދި އެލަވަންސްތަކާއެކު 71،000 ރުފިޔާ

- 20% ކެނޑުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަށް ލިބިވަޑައިގަންނަވާނެ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 40،800 ރުފިޔާއެކު އެލަވަންސްތައް ލައިގެން 60،800 ރުފިޔާ

- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ އަދި އެލަވަންސްތަކާއެކު 82،500 ރުފިޔާ އެވެ. މީގެތެރޭގައި ހިމެނޭ ކޮމިޓީ އެލަވަންސަކީ 20،000 ރުފިޔާ އެވެ. މި އެލަވަންސް ލިބޭނީ މެމްބަރުން ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާ ނިސްބަތުންނެވެ.

- 20% ކެނޑުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި 34،000 ރުފިޔާ އަދި އެލަވަންސްތަކާއެކު ޖުމްލަ 54،000 ރުފިޔާ އެވެ.

މުސާރައަށް މިގެނައި ބަދަލާއެކު ކުރިން މަޖިލީހުގެ މެމްބަރުންގެ މުސާރައަށް މަހަކު ޚަރަދުކުރަމުން އައި 7،156،625 (ހަތް މިލިއަން އެއް ލައްކަ ފަންސާސްހަހާސް ހަސަތޭކަ ފަންސަވީސް) ރުފިޔާ ވަނީ 6،413،300 ( ހަ މިލިއަން ހަތަރު ލައްކަ ތޭރަ ހާސް ތިންސަތޭކަ) ރުފިޔާއަށް ކުޑަވެފަ އެވެ. މިއީ މަހެއްގެ މައްޗަށް 743،325 ( ހަތްލައްކަ ސާޅީސްތިން ހާސް ތިންސަތޭކަ ފަންސަވީސް )ރުފިޔާގެ މަދުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މިބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައަށް އަންނާނެ ބަދަލުތަކަކީ:

- ރައީސުލްޖުމްހޫރިއްޔާއަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ރައީސުލްޖުމްހޫރިއްޔާއަށް މިހާރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100،00 ރުފިޔާއެވެ.

- 20% ކެނޑުމުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް އަންނާނެ ބަދަލު:

20% ކެނޑުމުން ރައީސުލްޖުމްހޫރިއްޔާއަށް ދެން ލިބިވަޑައިގަންނަވާނީ 80،000 ރުފިޔާ އެވެ.

- ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިހާރު ލިބިވަޑައިގަންނަވަނީ މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އެވެ.

-20% ކެނޑުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިވަޑައިގަންނަވާ މުސާރަ:

ދެން ލިބިވަޑައިގަންނަވާނީ 60،000 ރުފިޔާ އެވެ.

- ވަޒީރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ވަޒީރުންނަަށް މިހާރު އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 42،500 ރުފިޔާ އެވެ. އެލަވަންސާއެކު 57،500 ރުފިޔާ އެވެ.

- 20% ކުޑަކުރުން ވަޒީރަކަށް ލިބިވަޑައިގަންނަވާނެ މުސާރަ:

20% ކުޑަކުރުމުން ދެން ވަޒީރަކަށް ލިބިވަޑައިގަންނަވާނީ އަސާސީ މުސާރައިގެ ގޮތުގައި 34،000 ރުފިޔާ އާއެކު ޖުމްލަ 49،000 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުން މިގެނައި ބަދަލާއެލު އެގްޒެކެޓިވް ބްރާންޗަށް ކުރި މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް ޚަރަދުކުރަމުން އައި 1،325،000 ( އެއް މިލިއަން ތިން ލައްކަ ފަންސަވީސް ހާސް ) ރުފިޔާގެ ބަދަލުގައި ދެން މަހެއްގެ މައްޗަށް ޚަރަދުކުރަންޖެހޭނީ 1،120،000( އެއް މިލިއަން އެއްލައްކަ ވިހި ހާސް ) ރުފިޔާ އެވެ. މިއީ 205،000 (ދެ ލައްކަ ފަސް ހާސް) ރުފިޔާގެ ކުޑަވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުން

ޖުޑީޝަރީގެ މުސާރައަށް އަންނާނެ ބަދަލުތައް:

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން:

- އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

އުއްތަމަ ފަނޑިޔާރަށް މިހާރު އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 53،125 ރުފިޔާ އާއެކު ޖުމްލަ 73،125 ރުފިޔާ

-20% ކުޑަކުރުމުން މުސާރައަށް އަންނާނެ ބަދަލު:

އުއްތަމަ ފަނޑިޔާރުގެ މުސާރައިން %20 ކުޑަކުރުމުން ދެން ލިބިވަޑައިގަންނަވާނީ 42،500 ރުފިޔާ އާއެކު އެލަވަންސްތަކާއެކު 62،500 ރުފިޔާ އެވެ.

- ފަނޑިޔާރުން:

ފަނޑިޔާރުންނަށް މިހާރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެ ގޮތުގައި 51،000 ރުފިޔާ އާއެކު ޖުމްލަ 71،000 ރުފިޔާ

- 20% ކުޑަކުރުމުން ފަނޑިޔާރުންގެ މުސާރައަށް އަންނާނެ ބަދަލު:

20% ކުޑަކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މިހާރު ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެ ގޮތުގައި 40،800 ރުފިޔާ އަދި އެލަވަންސްތަކާއެކު 60،800 ރުފިޔާ

ހައިކޯޓު:

- ހައިކޯޓުގެ އިސްފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

އިސްފަނޑިޔާރަށް މިހާރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެ ގޮތުގައި 38،000 ރުފިޔާ އެކު ޖުމްލަ 56،300 ރުފިޔާ

- 20% ކުޑަކުރުމުން މުސާރައަށް އަންނާނެ ބަދަލު:

20% ކުޑަކުރުމުން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ދެން ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެ ގޮތިގައި 30،400 ރުފިޔާ އާއެކު ޖުމްލަ 48،700 ރުފިޔާ

- ހައިކޯޓުގެ ފަނޑިޔާރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ހައިކޯޓުގެ ފަނޑިޔާރުންނަށް މިހާރު އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 36،000 ރުފިޔާ އެވެ. ޖުމްލަ ލިބިވަޑައިގަންނަވަނީ 54،300 ރުފިޔާ އެވެ.

- 20% ކުޑަކުރުމުން މުސާރައަށް އަންނާނެ ބަދަލު:

20% ކުޑަކުރުމުން ހައިކޯޓުގެ ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާނީ އަސާސީ މުސާރައިގެ ގޮތުގައި 28،800 ރުފިޔާ އެވެ. އަދި އެލަވަންސްތައް ލައިގެން ޖުމްލަ ލިބިވަޑައިގަންނަވާނީ 47،100 ރުފިޔާ އެވެ.

ދަށު ކޯޓުތަކުގެ އިސް ގާޟީ އާއި ގާޟީ:

- ދަށު ކޯޓުގެ އިސް ޤާޟީއަކަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ދަށު ކޯޓެއްގެ އިސް ގާޟީއަކަށް ހުންނަވާ ބޭފުޅަކަށް މިހާރު އަސާސީ މުސާރައިގެ ގޮތުގައި 31،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އަދި އެލަވަންސްތަކާއެކު ޖުމްލަ 49،300 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

-20% ކުޑަކުރުމުން އިސް ގާޟީއަކަށް ލިބިވަޑައިގަންނަވާނެ މުސާރަ:

20% މުސާރައިން ކުޑަކުރުމުން ދެން އިސް ގާޟީއަކަށް ލިބިވަޑައިގަންނަވާނީ މުސާރައިގެ ގޮތުގައި 24،800 ރުފިޔާ އެވެ. އަދި ޖުމްލަ ލިބިވަޑައިގަންނަވާނީ 43،100 ރުފިޔާ އެވެ.

- ދަށު ކޯޓުގެ ގާޟީ އަކަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ:

ދަށު ކޯޓުގެ ގާޟީއަކަށް މިހާރު ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއެވެ. އަދި އެލަވަންސްތަކާއެކު ޖުމްލަ ލިބިވަޑައިގަންނަވަނީ 48،300 ރުފިޔާ އެވެ.

-20% ކުޑަކުރުމުން ގާޟީއަކަށް ލިބިވަޑައިގަންނަވާނެ މުސާރަ:

20% މުސާރައިން ކުޑަކުރުމުން ދަށު ކޯޓުގައި މަސައްކަތްކުރައްވާ ގާޟީންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 24،000 ރުފިޔާ އެވެ. އަދި ޖުމްލަ ލިބިވަޑައިގަންނަވާނީ 42،300 ރުފިޔާ އެވެ.

މުޅި ޖުޑީޝަރީއަށް މިހާރު މަހެއްގެ މައްޗަށް 3،014،550 ( ތިން މިލިއަން ސާދަ ހާސް ފައްސަތޭކަ ފަންސާސް) ރުފިޔާ މުސާރައިގެ ގޮތުގައި ޚަރަދުކުރައްވަ އެވެ. މިއައި ބަދަލާއެކު ދެން މަހެއްގެ މައްޗަށް ޚަރަދުވާނީ 2،622،250 ( ދެ މިލިއަން ހަ ލައްކަ ބާވީސް ހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އެވެ. މިއީ 392،300 (ތިން ލައްކަ ނުވަދިހަދެހާސް ތިން ސަތޭކަ) ރުފިޔާގެ ކުޑަވުމެކެވެ.

ޖުޑީޝަރީ

މުސްތަޤިއްލު މުއައްސަސާތަކުގެ މުސާރައަށް އަންނާނެ ބަދަލުތައް:

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުސްތަގިއްލު މުއައްސަސާތަކުގެ މުސާރައަކީ އެމްއެމްއޭ ގަވަރުނަރު، އޮޑިޓަރ ޖެނެރަލް، ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ކޮމިޝަނަރ ޖެނެރަލް އޮފް އާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރާއި ޑެޕިޔުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރައެވެ.

މިމަގާމުތަކަށް މިހާރު 328،000 (ތިން ލައްކަ އަށާވީސް ހާސް) ރުފިޔާ ޚަރަދުވާއިރު %20 ކުޑަވުމުން ދެން މަހަކަށް ޚަރަދުވާނީ 280،400 (ދެ ލައްކަ އަށްޑިހަ ހަތަރުހާސް) ރުފިޔާ އެވެ. މިއީ 47،600 ރުފިޔާގެ ކުޑަވުމެކެވެ.

މިނިވަން މުއައްސަސާތަކުގެ މުސާރައަށް އަންނާނެ ބަދަލު:

މިނިވަން މުއައްސަސާތަކުގެ ރައީސުން:

މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް މިހާރު ލިބިވަޑައިގަންނަވަނީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އެވެ. ޖުމްލަ ލިބިވަޑައިގަންނަވަނީ 45،000 ރުފިޔާ އެވެ.

20% ކުޑަކުރުމުން މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރައަށް އަންނާނެ ބަދަލު:

މުސާރައިން %20 ކުޑަކުރުމުން ދެން މިނިވަން މުއައްސަސާގެ ރައީސަކަށް ލިބިވަޑައިގަންނަވާނީ 24،000 ރުފިޔާގެ އަސާސީ މުސާރާއެކު ޖުމްލަ 39،000 ރުފިޔާ އެވެ.

މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުން:

މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނަށް މިހާރު ލިބިވަޑައިގަންނަވަނީ އަސާސީ މުސާރައިގެގޮތުގައި 30،000 ރުފިޔާ އެވެ. އަދި ޖުމްލަ 43،000 ރުފިޔާ އެވެ.

20% ކުޑަކުރުމުން މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރައަށް އަންނާނެ ބަދަލު:

20% ކުޑަކުރުމުން މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނަށް ލިބިވަޑައިގަންނަވާނީ އަސާސީ މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އާއެކު ޖުމްލަ 37،000 ރުފިޔާ އެވެ.

މިމަގާމުތަކަށް މިހާރު 530،000 ( ފަސްލައްކަ ތިރީސް ހާސް ) ރުފިޔާ މުސާރައިގެ ގޮތުގައި ޚަރަދުކުރެއެވެ. އެހެންކަމުން މިހާރު މިގެނައި ބަދަލާއެކު ދެން މަހެއްގެ މައްޗަށް މުސާރައަށް ޚަރަދުކުރާނީ 458،000 (ހަތަރު ލައްކަ ފަންސާސް އަށްހާސް) ރުފިޔާ އެވެ. މިއީ 72،000 ރުފިޔާގެ ކުޑަވުމެކެވެ.

- ކޮމެންޓް