Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 21:31
މިޔަތު ދަތް އެޅުން
މިޔަތު ދަތް އެޅުން
ޓްވިޓަރ
މިޔަތު ދަތް އެޅުން
މިޔަރު ދަތް އެޅި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް
ދަތް އެޅީ ދޯންޏަށް މިއަރު އެރުވުމަށް އުޅުމުގެ ތެރޭގައި
މިޔަރަކީ ވައިޓްޓިޕް ޝާކެއް
އެ މިޔަރުގެ ދިގު މިނުގައި 4 ފޫޓް ހުންނާނެ

އަތުގައި މިޔަރެއް ދަތް އެޅުމުގެ ސަބަބުން އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިޔަރު ދަތް އެޅުމުގެ ސަބަބުން އަނިޔާވީ އިއްލަތު ހަސަން އަށެވެ. މިޔަރު ދަތް އެޅުމުގެ ސަބަބުން އޭނާގެ އަތައް ލިބުނު ބޮޑެތި ޒަޚަމްތައް ފެންނަ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. 

މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ މިޔަރު ދަތް އެޅި މީހާގެ ހާލަތު، ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާއަށް މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. މިޔަރު ދަތް އެޅުމާ ގުޅިގެން ސަރޖަރީއެއް ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އިއްލަތު ބުނީ މިކަން ހިނގީ މަސްބާނަން ގޮސް އުޅެނިކޮށް މިޔަރެއް ދޯނީގެ މީހަކަށް ބޭނުމުން ދޯންޏަށް މިޔަރު އެރުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަތުގައި ދަތް އެޅީކަމަށެވެ. ދަތްއެޅި މިޔަރަކީ، ހަތަރު ފޫޓުގެ ވައިޓްޓިޕް ޝާކެއް ކަމަށް އޭނާ ބުންޏެވެ. އަދި ދަތް އެޅި ގަޑީގައި އޭނާ ހޭ ނެތުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ދަތް އަޅާފައިވަނީ ކަނާތު އަތުގެ އުޅަބޮށިން ތިރީގަ އެވެ.

ޒަޚަމްވީ މީހާ މާލެ ގެނައީ ހޯމަ ދުވަހުގެ 12:50 ހާއިރު ސީ ޕްނޭނެއްގައެވެ.

ޒަޚަމްވިލެއް ބޮޑުކަމުން އިއްލަތުގެ އަތުގެ ބައެއް ތަންތަނުގައި މަސް ގަނޑު ނެތް ކަމަށާއި، ކުރިއަށް އޮތް ދުވަހެއް ވަރު ބެލުމަށްފަހު، އިންފެކްޓް ވެފައިވާނަމަ ދެންޖެހޭނީ ފަލަ މަސްގަނޑުން މަސް ނަގާ، އަތުގައި މަސް ނެތް ބައިތަަކަށް މަސް ހަމަކުރަން ކަމަށް  ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މިޔަރު އުޅުނު ނަމަވެސް މިޔަރުގެ ފަރާތުން ސީރިއަސް އަނިޔާއެއް ވެގެން ރެކޯޑް ކުރެވިފައިވަނީ މަދު ފަހަރަކުކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް