އަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަނު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި މިއީ އެންމެ އުފާވެރި ދުވަސް ކަމަށް ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ދައްކަވަމުން އަލީ ހުސައިން ވިދާޅުވެފައި ވަނީ،މަޖިލީހުގައި ހަޔަތުގައި މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އިސްލާހަށް މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި ކަމަށެެވެ. އަދި ކުރިއަށް އޮތްތަނުގައި ސާބިތު ކަމާ އެކު ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގި މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ މައްސަލައިގައި އަލީ ހުސައިން ވަނީ މެންބަރު މަހުލޫފު ނެތް ކަން ފާހަގަވެގެންދިޔަކަމާއި މަހުލޫފު ހުރި ނަމަ ކުރި މަސައްކަތުގައި ތަފާތުތަކެއް ފެނުނީސް ކަމަށް ވިދާޅުވެފަ އެވެ.
އަލީ ހަސަން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ޖަލްސާ ބެލުމަށާއި އޮބްޒާވްކުރުމަށް ނޫސްވެރިންނަށާއި އަމިއްލަ ޖަމިއްޔާތަކަށް ފުރުސަތު ނުދިނުމަކީ ވެސް ސަރުކާރަށް ބަލި ގަބޫލު ކުރެވިފައި އޮތުމުން އެޅި ފިޔަވަޅެއް ކަަމަށެވެ.
"ބައެއް ފަރާތްތަކުން ސަރުކާރުގައި ތިބި ބޭފުޅުންނަށް ދަރުބާރު ފެކްޝަނޭ ކިޔާ. އެހެން ނަމަވެސް އަޅުގަނޑު ކިޔާނީ އެއީ ގަދަ ބާރު ފެކްޝަަނޭ" އަލީ ހަސަން ވިދާޅުވި އެެވެ.
މީގެ އިތުރުން، އަލީ ހަސަން ވަނީ މަޖިލީހުގެ ވޯޓިން ސިސްޓަމުގައި ހުރިކަން ވޯޓުލުމުގެ ކުރިން ނިހާނަށް އެނގުމާ މެދު ސުވާލު އުފައްދާފަ އެވެ. އަދި މައްސަލަ ޖެހިފައި ހުރި ނިޒާމެއް ބޭނުންކޮށްގެން ރަގަޅު ވޯޓެއް ނުލެވޭނެ ކަަމަށާއި ރޯލް ކޯލް އުސޫލުން ވޯޓު ނަގާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހަސަން ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މިއަދު ހިންގަނީ މަތިން އަންނަ އޯޑަރުން ކަަމަށާއި މަޖިލީހުގެ ހަގީގީ މެންބަރުންނަކީ މިހާރު އިދިކޮޅުގައި މަސައްކަތް ކުރަމުންދާ މެންބަރުންނެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަގައި ރައީސްގެ އިތުބާރު އޮތް ކަމަށް ފާސްވެފައި ވަނީ، މަޖިލީހުގެ 48 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓު ނެގި އިރު، އިދިކޮޅު ގިނަ މެންބަރުންތަކެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެފައިވާ އިރު އިދިކޮޅު އެއްވެސް މެންބަރެއް ވޯޓުލުމުގައި ބައިވެރިވެފައެއް ނުވެ އެވެ.