Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 16:13
މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް
މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް
މުހައްމަދު ޝަރުހާން
މޫސަގެ އިތުބާރު ނެތް މައްސަލަ
މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި
މައްސަލަ ހުށަހަޅާފައި ވަނީ 15 މެމްބަރުންގެ ސޮޔާއެކު

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ މަހުގެ 11 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މޫސަގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމަުގެ މައްސަލަ އަން މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާ ކޮށްފައިވާ މަޖިލީހުގެ އިދާރާއިން މޫސައަށާއި އަދި މެމްބަރުންނަށް ލިޔުމުން ވަނީ އަންގާފައެވެ. އެކަން މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް އަންގާފައި ވަނީ ހޯމަ ދުވަހުއެވެ.

މޫސަގެ މައްޗަށް އިތުބާރު ނެތްކަމަުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މޫސަ ވިދާޅުވެފައި ވަނީ އޭނާގެ މަޖިލީހުގެ ގަވާއިދާ އަދި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ކަމެއް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށާއި އަދި މަޖިލީހުގެ ގަވާއިދާ ގާނޫނުއަސާސީއާ ހިލާފް އެއްވެސް ކަމެއް ކުރައްވާކަށް މަޖިލީހުގެ ރައީސް އޭނާ އަށް ދުވަހަކުވެސް އަންގަވާފައި ނުވާ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ،

މީގެއިތުރުން މޫސަ ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަުގެ މައްސަލަ އެއް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބަެއް ނެތް ކަމަށާއި އަދި އެފަދަ ވޯޓެެއް ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ،  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 މާރޗް 2017 | އަންގާރަ 15:02
އުފާވެރިކަން
ބޭރުކޮށްލަންވާނެ. ތީ މުޙިއްމު ކަމެއް. ތަސައްރަފު ނުފުދޭ މީހުން ބޭރުކުރަމާ