Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 15:40
ކްރިމިނަލް ކޯޓް: ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި
ކްރިމިނަލް ކޯޓް: ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި
މުހައްމަދު ޝަރުހާން
ވެސްޓާން ޔޫނިއަން ފޭރުން
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި
ފޭރުނީ މޫނު ނިވާކޮށްގެން ތިބެ ވަޅިން ބިރުދައްކައި މުވައްޒަފުން ބަނުމަށް ފަހު
ފޭރިގަތް ފައިސާގެ ޖުމްލަ އަދަދު އެނގިފައެއް ނުވޭ، ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާއިން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފި އެވެ.

 

ވެސްޓާން ޔޫނިއަނުން ފައިސާ ފޭރިގަތް މައްސަލައިގައި ޓެރަރިޒަމުގެ ދައުވާ ކޮށްފައި ވަނީ ފ. މަގޫދޫ، ދިއްގަރު، މުހައްމަދު ފައިރޫޒާއި ގއ. ކޮނޑޭ، ސީނުގޭ، އަލީ ޝަނީޒްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.

 

އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 2:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

 

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން އޮފީހަށް ވަދެ އެތަނުގެ މުވައްޒަފުން ބަނދެ، ވަޅިން ބިރުދައްކައި، ފައިސާ ފޭރިގަތީ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ 14:45 ހާއިރު އެވެ.

 

ވެސްޓާން ޔޫނިއަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް އިރު، އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި 1.2 މިލިއަން ރުފިޔާ އާއި 321،603 ޑޮލަރު ހޯދާފައި ވެއެވެ. ނަމަވެސް، އެތަނުން ފޭރިގަތް ފައިސާގެ ޖުމްލަ އަދަދު އެނގިފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް