Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 15:01
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
މަސީޙުގެ ވޯޓު
މަސީޙުގެ ވޯޓަކީ މިނިވަން އިންސާފުވެރި ވޯޓެއް ނޫން: އެމެރިކާ
މަޖިލީހުގައި ކުރެވޭ މަސައްކަތްތަކަކީ، ވަކި ފަރާތަކަށް ނުޖެހޭ މަސައްކަތްތަކަކަށް ހެދުމަށް ގޮވާލި
ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދިނުމަށް ގޮވާލި
ވޯޓުލުމުގެ ކަންކަން ރޯލް ކޯލް އުސޫލުން ގެންދިޔައީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހޯމަ ދުވަހު މަޖިލީހުގައި ނެގި ވޯޓަކީ، ޤަވާއިދާއި، އުސޫލުތަކާއި ޚިލާފަށް ކަންކަން ހިނގާފައިވާ ވޯޓެއް ކަމަށާ، އެއީ މިނިވަން އިންސާފުވެރި ވޯޓެއްކަމަށް ނުދެކޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅައި، ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޤަވާއިދާއި، އުސޫލުތަކާއި ޚިލާފަށް ކަންކަން ހިނގުމުގެ ސަބަބުން މާޗް 27 ވަނަ ދުވަހު މަޖިލީހުގައި މިނިވަން، އިންސާފުވެރި، ވޯޓެއް ނެގުމަށް ހުރަސްއެޅުނުކަމަށްޓަކައި ކަންބޮޑުވާ ކަމަށެވެ.

އެހެންކަމުން، މަޖިލީހުގައި ކުރެވޭ މަސައްކަތްތަކަކީ، މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ މަސައްކަތްތަކަކަށް ހަދައި، ބޭއްވޭ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކަކަށް ހަދައި، ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދީ، ޑިމޮކްރެޓިކް ނިޒާމަށް އިތުބާރު އާކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް މި ބަޔާނުގައިވެއެވެ.

އެމެރިކާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހޯމަ ދުވަހު މަޖިލީހުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވޯޓުލުމުގެ ކަންކަން ރޯލް ކޯލް އުސޫލުން ގެންދިޔައީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނިކޮށެވެ.

މި ޓްވީޓް ކުރިތާ ފަނަރަ ވަރަކަށް މިނެޓްތެރޭގައި ޓްވީޓް ވަނީ ޑިލީޓްކޮށްލައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޭޕްރިލް 2017 | ބުރާސްފަތި 00:15
އަލީ
އެމެރިކާ އަކާނުބެހެވޭނެ މާ އަނގަ ތަޅާނެކަމެއްނެތް ނިއުކުލިއަރ ފޮޱިއެއް ޖަހާލަފާނަން މެޱަމްލައްވާ..
28 މާރޗް 2017 | އަންގާރަ 12:37
ރައްޔިތެއްގެ އިލްތިމާސް
މިއައި ބަދަލާއެކު އިދިކޮޅު އިއްތިހާދު އަލުން ރީސްޓަރަކްޗަރ ކުރަންޖެހެ. އަދި އެ އިއްތިހާދު ބޭދު ދުނިޔޭގައި އިޢުލާންކޮށް މާލީ އެހީ ރާއްޖެއަށް ހޯދުމަށް ހާއްސަ ޑިވިޝަނެއް އުފެދެންޖެހެ. އެޑިވިޝަންއިން ދުނިޔޭގެ އެކި ކަންކޮޅުން މި މަސައްކަތަށް ފަންޑު ހޯދުމާއެކު މިކަން އިންތިހާއަށް ވަރުގަދަކުރަންޖެހެ
28 މާރޗް 2017 | އަންގާރަ 10:42
ރަޝީދު
އެމެރިކާ މީހުންނަށް އެ ވޯޓް ކަމުދޭތޯ ބަލާކަށް ނުޖެހޭނެ. އެއީ ކޮންބައެއް .މުސްލިމް ދައުލަތް ތަކަށް ކުށެއް ނެތި ބޮންއަޅާ މީހުން މަރަމުން ދާތީ އހަރެމެން ކަންތައް ބޮޑުވޭ. އެއީ އިންސާފުން ކުރާ ކަމެއްތޯ؟ މޮޔަ ނުގޮވާ މަޑުންތިބޭ