Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 03:02
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ގޫގުލް
ރިޔާޒު ހައްޔަރުކުރުން
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
ރިޔާޒް ގެންދިޔައީ ކޯޓް އަމުރެއްގެ ދަށުން
ހައްޔަރު ކުރިކަން ޖެޕީން ކަށަވަރު ކޮށްދޭ
ހައްޔަރު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފޯން އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ. 

ރިޔާޒް އަކީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އެވެ. އަދި އެއީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

އަބްދުﷲ ރިޔާޒު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން ނިކުމެ ވަޑައިގެން ކުނޫޒްގައި އޮތް އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމަށް ވަޑައިގަންނަވަނިކޮށް މާވެޔޮ މަގުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ރިޔާޒު ހައްޔަރު ކުރި ސަބަބާ ބެހޭ ގޮތުން ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރިޔާޒް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ އަނެއް ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، "ވަގުތު ބަލާފައި ތި ކުރައްވަން އުޅުއްވަނީ އެހެން ކަމެއް" ކަމުގައެވެ.

އަމީން ވިދާޅުވީ. ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމާ ބެހޭ ގޮތުން ހަގީގަތް އެނގޭ މީހަކު ހުރި ނަމަ، އެމީހަކަށް މި ސަރުކާރުން ކަންކުރާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.

 

ރިޔާޒް އަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގިއިރު ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރާތެވެ. ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގު ހިންގާފައިވަނީ އަބްދުﷲ ރިޔާޒުގެ ބެލުމުގެ ދަށުން ކަން ފާހަގަ ކުރެވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް