Advertisement
ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 01:21
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
މަސީހުގެ ވޯޓް
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
ސަރުކާރަށްޓަކައި އަޅުގަނޑުމެން މެންބަރުން ނުވާ ގުރުބާނީއެއް ކޮބައިތޯ
ސަރުކާރުން މެންބަރުންނަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަންޖެހޭ
މަޖިލީހުގެ ރިޔާސަތަށާއި މަޖިލިހަށް ބަދަލުތަކެއް އަންނަން ޖެހޭ

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންނަކީ ވެސް އިންސާނުން ކަމަށާއި އެހެން ކަމުން އިންސާނުންނާ މެދު ކަންތައް ކުރާ އުސޫލުން މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ތާއީދުކުރައްވައި، އިދިކޮޅު ފަރާތްތަކާއެކު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް ސަރުކާރުން އިތުބާރު ނުކުރަންވީ ސަބަބެއް އޭނާ އަށް ނުވިސްނުނު ކަމަށެވެ.

"އަޅުގަނޑުމެންގެ މެންބަރުންނަށް ސަރުކާރުން އިތުބާރު ނުކުރަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ ސަރުކާރަށްޓަކައި އަޅުގަނޑުމެން މެންބަރުން ނުވާ ގުރުބާނީއެއް ކޮބައިތޯ، ފާއިތުވި މުއްދަތުގައި ހަމަ ސިސްޓަމް ބޭނުންކޮށްގެން އަޅުގަނޑުމެން ކިތައް ވޯޓް ލައިފިންތޯ، އެ ސިސްޓަމް ބޭނުންކޮށްގެން މިއަދު މި ވޯޓް ނުލެވެންވީ ސަބަބެއް އަޅުގަނޑު ވިސްނާ ވިސްނާ އަޅުގަނޑުގެ ބުއްދިއަކަށް ނައި،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެކަމާ މެދު މެންބަރުން ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން މެންބަރުންނަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިކަންތައްތަކާ މެދު އަޅުގަނޑުމެންގެ މެންބަރުން ވަރަށް ވިސްނާ ފުކުރުކުރަންޖެހޭ، އެއީ މެންބަރުން މެންބަރުންގެ ގޮތުގައި މަސައްކަތްކުރާކަމަށް ވާނަމަ ސަރުކާރުން ވެސް އެބަޖެހޭ މެންބަރުންނާ ދޭތެރޭ ވެސް އިތުބާރެއް ކުރަން، ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަން އެބަޖެހޭ، އަޅުގަނޑުމެންނަކީ ވެސް އިންސާނުން، އިންސާނުންނާ ދޭތެރޭ ކަންތައްތައް ކުރާ އުސޫލުން އަޅުގަނޑުމެންނާ ދޭތެރޭ ކަންކަން ކުރަން އެބަޖެހޭ އިނގޭތޯ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާ އިން ފެނިގެންދިޔައީ މަޖިލީހުގެ މުޅި ނިޒާމް އެއްކޮށް މުނގުރާލި ތަން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، އަޅުގަނޑުމެންގެ މި ޑިމޮކްރަސީ ދެމެހެއްޓޭނީ އަޅުގަނޑުމެންގެ މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ބާރުތައް އޭގެ ގޮތުގައި ދެމެހެއްޓިގެން. ހަގީގަތުގައި އަޅުގަނޑު ވަރަށް ހިތާމަކޮށްދިން މިއަދު މަޖިލިހުގެ ތެރޭގައި މި ހިނގައިގެން ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން،" އަމީތު ވިދާޅުވި އެވެ.

އަމީތް ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން ހިނގައިގެން ދިޔަ ކަންތައްތަކުން ހާމަވަނީ މަޖިލީހުގެ ރިޔާސަތަށާއި މަޖިލިހަށް ބަދަލުތަކެއް އަންނަން ޖެހޭ ކަން ކަމަށެވެ. އަމީތު ވަނީ މަޖިލީހުގެ ރިޔާސަތު ބަދަލުނުކޮށް މަޖިލިސް އިސްލާހު ކުރެވިދާނެކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

"މަޖިލިހަކީ ގަދަ ބާރުން ހަތިޔާރު ވައްދައިގެން ސިފައިން ވައްދައިގެން ހިންގަންޖެހޭ ތަނެއް ކަމަށް ވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގައި ޑިމޮކްރަސީއެއް ނޯންނާނެ އިނގޭތޯ، ޑިމޮކްރަސީއަކީ ހަތިޔާރު ނަގައިގެން ގަދަ ބާރުން ދަމަހައްޓަންޖެހޭ އެއްޗެއް ނޫން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ މަޖިލިސް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި އެ ފުރުސަތު ނުދީ ރާއްޖެއަށް ސުލްހަމަސަލަސް ކަން ނުގެނެވޭނެ ކަމަށެވެ.

 

އިދިކޮޅު ފަރާތްތަކާއެކު އަމީތު މަސައްކަތް ކުރައްވަން ފެއްޓެވުމާއެކު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން އޭނާ ވަކިކުރުމަށް ވަނީ ނިންމާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 މާރޗް 2017 | ހޯމަ 23:39
Bodygard
Yaaminu ah verikan kureveynee hathiyaaru nagaagen. Rashakah aran ves kereynee hathiyaaru hifaagen. Aslu vaa gothakee gut hurey kiyaafa gannanee biru..