ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 03:08
އިޓަލީގައި ދިރިއުޅޭ ރައްޔިތުންތަކެއް
އިޓަލީގައި ދިރިއުޅޭ ރައްޔިތުންތަކެއް
ނިއު ޔޯކް ޕޯސްޓް
ކޯވިޑް-19
ކޯވިޑް-19 ފެތުރެމުންދާތީ މުޅި އިޓަލީ ލޮކްޑައުން ކޮށްފި
އިޓަލީގައި އާންމު އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ
މި ވައިރަސްގެ ސަބަބުން އެޤައުމުން 366 މީހުން ވަނީ މަރުވެފައި
ޗައިނާ ފިޔަވާ އެންމެ ގިނައިން ވައިރަސް ފެނިފައިވަނީ އިޓަލީން

އިޓަލީ ވިލާތުގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ އެ ޤައުމު ލޮކްޑައުން ކޮށްފިއެވެ.

ހޯމަ ދުވަހު އެކަން ހާމަ ކޮށްފައި ވަނީ އެޤައުމުގެ ވަޑުވަޒީރު ގުޒެއްޕެ ކޮންޓޭއެވެ.އިޓަލީގައި ޢާންމު އެއްވުންތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. އަންގާރަ ދުވަހުން ފެށިގެން ދަތުރު ކުރުމަށް ހުއްދަދެނީ ވަޒީފާއަށާއި، ޢާއިލީ ކަމެއް މެދުވެރިވެގެން އެކަންޏެވެ.

މިގޮތަށް ނިންމާފައި މިވަނީ މުޖްތަމަޢުގައި ނާޒުކުޙާލަތްތަކުގައި ދިރިއުޅޭ މީހުން މި ވައިރަސްއިން ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.

އެޤައުމުން މިހާތަނަށް ވަނީ 7375 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި، އެޤައުމުން 366 މީހުން ވަނީ މަރުވެފައެވެ.

އިޓަލީ އަކީ ވައިރަސް ފެނުނު މައި މަރުކަޒު ކަމަށްވާ ޗައިނާ ފިޔަވާ އެންމެ ގިނައިން މި ވައިރަސް ފެތުރިފައިވާ ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް