ކ. މާލެ
|
27 މާރޗް 2017 | ހޯމަ 20:12
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން
އިންފްލުއެންޒާއާ ގުޅިގެން 6 މީހުން މަރުވެއްޖެ
އެޑްމިޓް ކުރި މީހުންގެ އަދަދު 35
48 ގަޑި އިރު ތެރޭ 12 މީހުން ވަނީ ދޫކޮށްލާފަ

އިންފްލްއެޒާ އެޗްވަންއެންވަން ޖެހިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިއަލަށް ހަ މީހުން ވަނީ މަރުވެފަ އެވެ. އާދިއްތަ ދުވަހު 29 އަހަރުގެ މާބަނޑު މީހަކު ވަނީ މަރުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ ހަ މީހުން މަރުވެފައިވާ އިރު މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު ދެ މީހަކު އިންފްލުއެންޒާ އެޗްވަންއެންވަންގައި މަރުވެފައިވާ ކަމަށެވެ. އެހެން ކަމުން  އެމީހާ އިންފްލުއެންޒާއަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ލިބިފައި ވަނީ އާދިއްތަ ދުވަހުކަމުން އެދަދު ހައަކަށް އިތުރުވީ އެވެ. އިންފްލުއެންޒާ ޖެހިގެން މަރުވި މީހުންގެ ލިސްޓަށް އިތުރުވެފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 546 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 199 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް 23 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން މި ބަލީގައި 35 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިދިއަ ހޮނިހިރު ދުވަހު ހާމަކޮށްފައިވާ  ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ 23 މީހުންނެވެ. އެހެން ކަމުން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 470 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 175 މީހުން، އޭޑީކޭ އިން 57 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 881 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި ވެއެވެ. އެގޮތުން މުޅި ޖުމްލަ 1351 މީހުންވަނީ މުޅި ރާއްޖެއިން ފްލޫ ކްލިނިކްތަކަށް ދައްކާފަ އެވެ. މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ހުކުރު ދުވަހާ ހޮނިހިރު ދުވަހަށް ވުރެ އާދިއްތަ ދުވަހު ވަނީ އިތުރުވެފަ އެވެ. ހޮނިހިރު ދުވަހު އާއްމުކުރި ތަފާސް ހިސާބުތަކުން ޑޮކްޓަރަށް ދައްކާފައި ވަނީ 1,234 މީހުންނެެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައި ވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެދުވަހު އަތޮޅުތެރެ އާއި މާލެއިން ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޯމަ ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ބ. އަތޮޅާއި ހދ. އަތޮޅެ އެވެ. އެގޮތުން ބ. އަތޮޅުގެ ފްލޫ ކްލިނިކަށް 89 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ރ. އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 80 މީހުންނެވެ. މީގެ އިތުރުން ލ. އަތޮޅުގެ ފްލޫ ކްލިނިކްތަކަށް 55 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އައްޑޫ ސިޓީން އަތޮޅުގެ ފްލޫ ކްލިނިކްތަކަށް 68 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ސްކޫލުތަށް އިތުރު ތިން ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

 

- ކޮމެންޓް