ކ. މާލެ
|
9 މާރޗް 2020 | ހޯމަ 12:01
ސައުދީގެ އެއަރޕޯޓެއް
ސައުދީގެ އެއަރޕޯޓެއް
ސައުދީގެޒެޓް
ކޮވިޑް-19
ކޮވިޑް-19: ސައުދީ އަރަބިއްޔާއިން ޔޫއޭއީ އާއި ގަލްފުގެ އެހެން ގައުމުތަކުން އަންނަ ފްލައިޓްތައް މެދުކަނޑާލައިފި
ސައުދީ އަރަބިއްޔާއިން 9 ގައުމަކުން އެގައުމަށް އަންނަ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ސައުދީ އަރަބިއްޔާއިން 9 ގައުމަކުން އެގައުމަށް އަންނަ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އެގޮތުން ސައުދީން އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވެއިތު، ބަހްރެއިން، ލެބަނަން، ސީރިއާ، ސައުތު ކޮރެއާ، މިސްރު، އިޓަލީ އަދި އިރާގެވެ. މީގެއިތުރުން މިއިން ގައުމެއްގައި ފާއިތުވި 14 ދުވަހު އުޅެފައިވާ އެއްވެސް މީހަކުވެސް ސައުދީ އަރަބިއްޔާއަށް ނޭރުވުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މިފިޔަވަޅުތައް އަޅާފައިވަނީ އެގައުމުގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައިކަަމަށެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މިގައުމުތަކުން މީހުން ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމުންވެސް އެގައުމަށް ވަނުން މަނާކޮށްފަ އެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް 15 މީހަކު ވަނީ މިވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ.

ސައުދީއަރަބިއާގެ ހުރިހާ ސުކޫލުތަކާއި ކިޔަވައިދޭ ތަންތަން ބަންދުކުރަން އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. ސައުދީގެ ތައުލީމީ ވުޒާރާއާ ޙަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން އެ ޤައުމުގެ ސުކޫލުތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން، ކިޔަވައިދޭ ހުރިހާ ތަނެއް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން ބަންދުކުރާއިރު، އަލުން އެތަންތަން ހުޅުވާނީ ކޮވިޑް-19 ގެ ޙާލަތައް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް