ކ. މާލެ
|
9 މާރޗް 2020 | ހޯމަ 09:28
ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ދަނީ ފެތުރެމުން
ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ދަނީ ފެތުރެމުން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 3,830 ށް، ރަނގަޅުވި މީހުންގެ އަދަދު 62,280 އަށް
ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު 80,735 އަށް ވަނީ އަރާފައި
އިޓަލީން ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދު ވަނީ 133 ށް އަރާފައި

ކޮވިޑް-19 ޖެހިގެން 3830 މީހުން މިހާތަނަށް އާއިރު މަރުވެއްޖެ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހު މިވައިރަސް ޖެހިގެން މަރުވެފައިވަނީ 22 މީހުންނެވެ. އެއާއެކު ޗައިނާއިން މިވައިރަސްޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3,119 އަށް އަރާފަ އެވެ. ޗައިނާއިން އިއްޔެ އަލަށް މިވައިރަސް ޖެހިފައިވަނީ 40 މީހުންނަށެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހުނު މީހުންގެ އަދަދު 80,735 އަށް ވަނީ އަރާފަ އެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެއީ 133 މީހުންނެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 366 ށް ވަނީ އަރާފަ އެވެ. އެގައުމުގައި މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 7,375 އަށް އަރާފަ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ އިރާނުންނެވެ. އިރާނުގައި އާދިއްތަ ދުވަހު ވަނީ 49 މީހުން މަރުވެފަ އެވެ. އެއާއެކު އެގައުމުގައި މިހާތަނަށް މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 194 އަށް އަރާފަ އެވެ.

މުޅި ދުނިޔެއިން މިވައިރަސް 110,071 މީހުންނަށް ވަނީ ޖެހިފަ އެވެ. އެއީ 109 ގައުމަކުންނެވެ. އަދި މިހާތަނަށް މިވައިރަސް ޖެހިގެން 62,280 މީހުން ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް