Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 17:38
އައިޖީއެމްއެޗް
އައިޖީއެމްއެޗް
މުހައްމަދު ޝަރުހާން
އިންފްލުއެންޒާ އެޗްވަންއެންވަނ
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
ސިޒޭރިއަން ހެދި މީހާގެ ހާލު އަންނަނީ ރަގަޅު ވަމުން
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 5 މީހުން ވަނީ މަރުވެފައި
ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން-އެޗްޕީއޭ

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހަދައި، ކުއްޖާ ނެގި އަންހެން މީހާގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ ސިޒޭރިއަން ހަދަން ޖެހުނު މީހާއަށް ކުރިން ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަަމަށެވެ. އަދި ހާލު ރަގަޅުވަމުން އަންނަކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ. އެެހެން ނަމަވެސް އަދިވެސް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެެވެ.

އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަން ކުރުމަށް ފަހު ދުވަސް ނުފުރާ ނަގަން ޖެހުނު ކުއްޖާ އަދިވެސް އޮތީ އައިސީޔޫގައި ކަަމަށެވެ. އެކުއްޖާ ބަނޑުން ނަގާފައި ވަނީ ހަ މަހުގަ އެވެ.

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހޭ މާބަނޑު މީހުންނަށް ބަލީގައި ބޮޑުވަރުވާއިރު އާދިއްތަ ދުވަހު ވަނީ 29 އަހަރުގެ މާބަނޑު މީހެއް ވެސް މަރުވެފަ އެވެ. އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 5 މީހުން މިހާރު ވަނީ މަރުވެފަ އެވެ.

އައިޖީއެމްއެޗުން އަންނަނީ މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ވެސް ދެމުންނެވެ. އައިޖީއެމްއެޗުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ހޮސްޕިޓަލުގެ އައިސީޔޫގައި އަށް މީހަކަށް އަންނަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ފަރުވާ ދެމުންނެވެ. އެޗްޕީއޭ އިން ވަނީ މި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށާއި ބަލި ޖެހޭ ގިނަ މީހުން ރަގަޅު ވާކަން ފާހަގަކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށްޓަކާ ސާފުތާހިރު ކަަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް