ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 21:47
ލުބްނާންގެ މޮޑެލް ލޫޖިން އަޑަޑާ
ލުބްނާންގެ މޮޑެލް ލޫޖިން އަޑަޑާ
ފޭސްބުކް
ކޮވިޑް-19
ލުބްނާންގެ ޓީވީ ޕްރެޒެންޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ލުބްނާންގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 މީހުންނަށް
ދެ އަންހެން ދަރިންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ފަހު އެނބުރި ޤައުމަށް ދިޔަ، ލުބްނާންގެ މަޝްހޫރު މޮޑެލް އަދި ޓީވީ ޕްރެޒެންޓަރ ލޫޖިން އަޑަޑާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެެއެވެ.

އަރަބި ޤައުމުތަކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ލޫޖިންގެ ދެ އަންހެން ދަރިންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި އަދަދާއެކު ލުބްނާން ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22 އަރާފައެވެ.

އިނގިރޭސިވިލާތުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ލުބްނާންގެ ހެލްތް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އަރަބި ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމަކު އެ މީހާގެ ވަަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހު ލުބްނާންގެ ހެލްތް އޮފިޝަލުން ބުނީ، ކޮވިޑް-19 ގެ 15 ކޭހެއް އެ ޤައުމުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އެ ހުރިހާ އެންމެންވެސް ވަނީ އެ ޤައުމުގެ ރަފިކް ހަރީރީ ޔުނިވަރސިޓީ ހޮސްޕިޓަލްގައި ކަރަންޓީނު ކުރެވިފައެވެ. އަޑާޑާ ކައިވެނިކޮށްގެން އުޅެނީ ސައުދީގެ ބިލިއަނަރ ވަލިދް ޖުއްފާލީއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް