ކ. މާލެ
|
27 މާރޗް 2017 | ހޯމަ 17:07
ދަރުމަވަންތަ ސްކޫލު އެސެމްބްލީ
ދަރުމަވަންތަ ސްކޫލު އެސެމްބްލީ
ޓްވިޓަރ
ސްކޫލުތައް ހުޅުވުން
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!
ސްކޫލުތައް ބަންދުކޮށްފައިވާނީ ގާތްގަނޑަކަށް 15 ވަރަކަށް ދުވަހަށް
ސްކޫލުތަކުގެ ކިޔެވުން އޭރު ބަންދު ކުރީ މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން

ރާއްޖޭގައި ފެތުރެމުންދާ ރޯގާތަކާ ގުޅިގެން ސްކޫލުތައް ބައްދަކުރުމަށް ފަހު އަލުން ހުޅުވި ނަމަވެސް، މިއަދުވެސް ސްކޫލުތަކަށް ގޮސްފައި ވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމަތު ދިން ބައެއް ޓީޗަރުން ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ހޯމަ ދުވަހު މަދު ކަމަށް މައުލޫމާތު ލިބިފަ އެވެ. އެގޮތުން ގިނަ ސްކޫލުތަކުގައި އަމިނިއްޔާ ސްކޫލުގައި ހެނދުނު ސެޝަނަށް އައިސްފައި ވަނީ 100 ކުދިން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެ އިތުރުން ބައެއް ކުލާސްތަކަށް އެއް ކުދިން ދެކުދިން ވެސް ގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އާއްމުކޮށް 30 ކުދިން ކޮންމެ ކްލާހެއްގައި ތިބޭ އިރު ހެނދުނު ސެޝަންގައި 700 ކުދިން އަމީނިއްޔާ ސްކޫލަށް ދާނެ އެވެ.

މީގެ އިތުރު ގަލޮޅު މަދަރުސާއަށް އެއްވެސް ކުއްޖަކު ހާޒިރު ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އާދިއްތަ ދުވަހު ވެސް ސްކޫލުތަކަށް ގޮސްފައިވަނީ ވަރަށް މަދު އަދަދެއް ކުދިންނެވެ. އެގޮތުން ޖަމާލުއްދީން ސްކޫލުގެ އަށް ކްލާހަށް ޖުމްލަ 30 ކުދިން ހާޒިރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެ އިތުރުން ދަރުމަވަންތަ އާއި ހިރިޔާ ސްކޫލުގެ އިތުރުން ޕްރައިވެޓް ސްކޫލުތަށް ކަމަށްވާ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް ހާޒިރުވި ދަރިވަރުންގެ އަދަދު މަދުކަމަށް އެނގިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް މައްސަލައެއް އެ މިނިސްޓްރީގައި ނޫޅޭ ކަމަށާއި އެހެން އަދި އެ އިދާރާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކިޔަވާ ކުދިންނަށް ކަމަށެެވެ. އެހެން ނަމަވެސް މިއަދު ވެސް ސްކޫލުތަކުގެ އެޓެޑެންސް މަދުވި މައްސަލައާ ގުޅިގެން އިތުރު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޕީއޭއިން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުގައި ވަނީ، އިންފްލުއެންޒާ ފަދަ ވައިރަލް ރޯގާ ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢީއްޔާއިން ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ތަފާތު ލެވެލްތައް ކަނޑައަޅާފައިވާ ކަމަށާއި، ރައްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ލެވެލް ތިނަކީ އެގޮތުން ހެލްތު މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ހިންގާ އެކި މުއައްސަސާތަކުން ރޯގާ ފެތުރުން މަދުކުރުމުގެ މަސައްކަތްތައް ހިންގުމަށް ކަނޑައެޅިފައިވާ މިންގަނޑު ކަމަށެވެ.

މީގެ އިތުރުން ދަރަޖަ ކުރުމަކީ، ސްކޫލްތައް ބަންދުކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ ރާއްޖޭގައި ފެތުރެމުންދާ ރޯގާ މަދުވަމުންދާކަން ފާހަގަކޮށްފަ އެވެ. 

 

- ކޮމެންޓް