Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 16:31
އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް
އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް
ޓްވިޓަރ
އަރަބި ތައުލީމް
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
މި ޕްރޮގުރާމުގައި 64 ޓީޗަރުން ބައިވެރިވޭ

"ކޮންމެ ސްކޫލެއްގައި ވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވާދޭނަން" ސިޔާސަތުގެ ދަށުން ރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދިނުމާ ގުޅޭ ގޮތުން އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ސިންގަޕޫރްގެ "އިރްޝާދު ޓްރަސްޓް ފައުންޑޭޝަން"އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"އިރްޝާދު ޓްރަސްޓް ފައުންޑޭޝަން" އަކީ ސިންގަޕޫރް،  މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ވެސް އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ގްރޫޕެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ހޯމަ ދުވަހު ފެށި ޕްރޮގްރާމްގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައިދޭ 64 މުދައްރިސަކު ބައިވެރި ވެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަރަބި ބަހުން ކަމުގައިވާ އިރު، މި ބައްދަލުވުމުގައި ކިޔަވައިދޭނީ "އިރްޝާދު ޓްރަސްޓް ފައުންޑޭޝަން"ގެ ޓްރެއިނަރުންނެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައިދިނުމުގެ މަސައްކަތްކުރާ ދިވެހި މުދައްރިސުން، ކިޔައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއި އަދި ގައުމީ މަންހަޖުގެ ތެރެއިން އަރަބި ބަސް އުނގަންނައިދިނުމުގައި ދަރިވަރުން ޝައުގުވެރިވާ ފަދަ ފިލާވަޅުތަކެއް ކުރިއަށް ގެންދިއުމަށް މުދައްރިސުން އަހުލުވެރި ކުރުވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް