Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 16:08
ބ. އަތޮޅު ކައުންސިލް މެމްބަރު ހަސަން ސިރާޖް ފުލުހުންގެ ވެހިކަލްގައި
ބ. އަތޮޅު ކައުންސިލް މެމްބަރު ހަސަން ސިރާޖް ފުލުހުންގެ ވެހިކަލްގައި
މުހައްމަދު ޝަރުހާން
މަސީހްގެ ވޯޓް
އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ ބ. އަތޮޅު ކައުންސިލް މެމްބަރެއް

އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރުކުރީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅު ޝިއާރެއް ލިޔެފައިވާ ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ، ބ. ކަޑަރިކިލު، ހަވީރީ ނާޒު ހަސަން ސިރާޖެވެ. އޭނާއަކީ ބ. އަތޮޅު ކައުންސިލް މެމްބަރެކެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ ސަރަހައްދުން މީހަކު ހައްޔަރު ކުރީ، އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށާއި އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"އެ ވަގުތަކީ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރަކު ދިޔަ ސަރަހައްދެއް. އެ ވަގުތު އެ މެމްބަރުން ހުތުރު ގޮތަކަށް އިނގިލިން އިޝާރާތެއް ކުރުމުން އެއްވެ ތިބި މީހުން ހިތްހަމަ ނުޖެހިގެން އަޑުގަދަކުރި. އެވަގުތު ފުލުހުން ގޮސް މީހަކު ހައްޔަރުކުރީ. އެ މީހާއަކީ ވެސް ކަމެއް ކުރި މީހެއް ނޫން،" މަންޒަރު ދުށް މީހާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް މިއަދު ނަގާއިރު، މަޖިލިސްކުރާ ގޭގެ ސަރަހައްދު ބެރިކޭޑްޖަހައި ބަންދުކޮށް، މަޖިލީހުގެ ޖަލްސާ އަޑު އެހުމަށް އާންމުންނާއި ނޫސްވެރިން ވެސް ނުވައްދަ އެވެ.

ފުލުހުންނާއި ސިފައިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެފަދަ އެއްވެސް ކަމެއް ހިންގާފައެއް ނެތެވެ.

ފުލުހުންގެ ރޭގެ ބަޔާނަކީ ސިޔާސީ ބަޔާނެއް ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް