ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 07:31
ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ސިފައިން
ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ސިފައިން
އަލްޖަޒީރާ
ތުރުކީ
ސީރިއާގައި ތުރުކީ ސިފައިންގެ އިތުރު ދެމީހަކު މަރުވެއްޖެ
ތުރުކީގެ ސިފައިންގެ ބަޔަކު ވަނީ ޒަހަމްވެސް ވެފައި
އަންގާރަ ދުވަހު ވެސް ތުރުކީގެ ސިފައިންގެ މީހަކު މަރުވެފައިވޭ
ހަމަލާތަކުން ސަލާމަތްވުމަށް މިލިއަނެއްހާ މީހުން ވަނީ ތުރުކީ ބޯޑަރު އާ ދިމާލަށް ގޮސްފައި

ސީރިއާގައި ތުރުކީ ސިފައިންގެ އިތުރު ދެމީހަކު މަރުވެއްޖެއެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީއާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސީރިއާގެ ދެކުނު ޞަރަޙައްދުގައި ސީރިއާ ސަރުކާރުގެ އަސްކަރީ ބާރުތަކުން ދިން ޙަމަލާއެއްގައި ތުރުކީގެ ސިފައިންގެ ދެމީހުން މަރުވެފައިވާ ކަމަށެވެ. އަދި ބުދަ ދުވަހު އިދްލީބަށް ދިން މި ޙަމަލާތަކުގައި ތުރުކީ ސިފައިންގެ އިތުރު ބަޔަކު ވެސް ޒަޚަމްވެފައިވާ ކަމަށެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ހަމާކުރާ ގޮތުގައި އަންގާރަ ދުވަހު ވެސް ސީރިއާ ސަރުކާރުގެ ސިފައިން ދިން ޙަމަލާތަކެއްގައި ތުރުކީ ސިފައިންގެ އެކަކު މަރުވެ، 09 މީހުން ވަނީ ޒަޚަމްވެފައެވެ.

ސީރިއާގެ އިދްލީބުގައި ސީރިއާގެ ސަރުކާރުގެ ސިފައިންނާއި، ތުރުކީގެ ސިފައިން ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ތުރުކީ 59 ސިފައިން ވަނީ މަރުވެފައެވެ.

ރަޝިޔާއިން ވާގިވެރިވާ ސީރިއާ ސަރުކާރު ސިފައިންދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް މިލިއަނެއްހާ މީހުން ސީރިއާއާއި ތުރުކީ ގުޅޭ ބޯޑަރުކައިރިއަށް ދަތުރުކުރަމުންދާކަމަށް އޮފިޝަލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް