ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 07:34
ޔޫކުރެއިން ޕްރައިމް މިނިސްޓަރު ޑެނިޝް ޝިމްގަލް
ޔޫކުރެއިން ޕްރައިމް މިނިސްޓަރު ޑެނިޝް ޝިމްގަލް
ރޮއިޓަރސް
ޔޫކުރެއިން
ޔޫކުރެއިންގެ ޕްރައިމް މިނިސްޓަރު ކަމަށް ޑެނިޝް ޝިމްގަލް!
އިގްތިސޯދު ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާނެ
2020 ގެ ބަޖެޓް އަލުން ދިރާސާ ކުރާނެ
އޮލެކްސީ ހޯންޓްރެކް މަގާމުން ދުރުކުރީ ރައީސްއަށް ފާޑުކިޔުމާ ގުޅިގެން

ޔޫކުރެއިން ޕްރައިމް މިނިސްޓަރު މަޤާމަށް ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑެނިޝް ޝިމްގަލް ޢައްޔަނުކޮށްފިއެވެ.

ޑެނިޝް ޝިމްގަލް ޕްރައިމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކޮށްފައި މިވަނީ އެ މަޤާމުގައި ހުންނެވި އެންމެ ޒުވާން ޕްރައިމް މިނިސްޓަރު އޮލެކްސީ ހޯންޓްރެކް އެ މަޤާމުން ދުރުކުރުމަށްފަހުއެވެ. އަދި ޑެނިޝްއަކީ އޭނާގެ ދަށުން މަސައްކަތްކުރި ޑެޕިއުޓީ މިނިސްޓަރެވެ.

ޑެނިޝް ޝިމްގަލް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މި މަގާމަށް ހޮވުމާއެކު ޑެނިޝް ވަނީ އިޤުތިޞާދު ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި 2020 ގެ ބަޖެޓު އަލުން ދިރާސާ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޮލެކްސީ ހޯންޓްރެކް ޕްރައިމް މިނިސްޓަރުކަމުގެ މަޤާމުން ދުރުކުރީ ޔޫކުރެއިންގެ ރައީސްގެ އިޤުތިޞާދީ ޕްލޭންތަކަކީ ތާކުންތާކު ނުޖެހޭ އިޤުތިޞާދީ ޕްލޭންތަކެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުކިޔާފައިވަ އޯޑިއޯތަކެއްގެ ރިކޯޑިންއެއް ލީކްވުމާ ގުޅިގެންނެވެ. މިއޯޑިއޯގައި ވިދާޅުވެފައިވަނީ ރައީސަށް އިޤުތިޞާދާ ބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް