ކ. މާލެ
|
27 މާރޗް 2017 | ހޯމަ 14:43
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނުހާން
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނުހާން
ގޫގުލް
މަސީހްގެ އިތުބާރު ވޯޓު
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ހަަޖަމް ނުވުމުން

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހަޅުއްވައިފިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް މަޖިލީހުގެ ގަވާއިދުގެ 165 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި ބުނެފައި ވަނީ ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހެޅި ތާއީދު ލިބިގެން އެގޮތަށް ފާސްވާ މައްސަލަތަކުގަ އާއި، މަޖިލީހުގެ ގަވާއިދުގެ ދަށުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެންކަމުގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ނަގަންޖެހޭ ވޯޓު ނަގާނީ، ކޮންމެ މެންބަރަކާ ސުވާލުކޮށްގެން، އޭނާ ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުންފިލުވަމުންނެވެ.

ނިހާން ވިދާޅުވީ ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދަން ހުށަހެޅި މަޖިލީހުގެ ވޯޓާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަަމވެސް އެއީ ކޮންކަންތައްތަކެއް ކަމެށް ނިހާން ވިދާޅެއް ނުވެއެވެ.

ނިހާން ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ވޯޓް ކުރިއަށް ގެންދިއުމަށް ތާއިދު ކޮށްފައި ވަނީ ޕީޕީއެމް ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އައަބްދުއްރަހީމް އަބްދުﷲއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ސިސްޓަމްތަކާ ބަޔަކު ކުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ އިރު ވޯޓު ނެގުމުގެ ކުރިން ސިސްޓަމްތަކުގައި އެއްވެސް މައްސަލައެއް ޖެހިފައި ވޭތޯ ބަލައި ޔަގީންކުރަންޖެހޭ ކަމަށެވެ. އަދި ނިހާން ހުށަހެޅުއްވި ގޮތަށް ވޯޓަށް އެހޭނީ އެފަދަ މައްސަލައެއް އުޅޭ ނަމަ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. 

މީގެ ކުރިން މި ގޮތަށް ވޯޓެއް ނަގާފައި ވަނީ ގާނޫނުއަސާސީ އިސްލާހްކުރަން އެކުލަވައިލި ހާއްސަ މަޖިލީހުގައެވެ. 

ނިހާންގެ ހުށަހެޅުމަށް ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގައި ވޯޓަށް އަހާ ވަގުތުގައެވެ. 

- ކޮމެންޓް