ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 21:07
ކޮވިޑް 19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ ހަލުހިމިނެއްގައި ފެތުރެމުން
ކޮވިޑް 19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ ހަލުހިމިނެއްގައި ފެތުރެމުން
އަލްޖަޒީރާ
ކޯވިޑް-19
އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް!
އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން
މިހާތަނަށް އީރާނުގައި 2336 ކޭސް ފެނިފައި
އީރާނުން ކޯވިޑް-19 ޖެހިގެން މަރުވީ މީހުންގެ އަދަދަކީ 77

އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް ފަރާތްކަމުގައިވާ ޑރ.ޕަރހޮސެއިން ކަލްވަންޑްއަށް ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޑރ.ޕަރހޮސެއިން ކަލްވަންޑް ކޯވިޑް-19 އަށް ފަރުވާދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އީރާންގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރ ސައިދް މިރް މުހައްމަދު ވެސް ވަނީ މިބަލީގައި މަރުވެފައެވެ.

މިހާތަނަށް އީރާނުން ކޯވިޑް-19 ގެ 2336 ކޭސް ފެނިފައިވާއިރު 77 މީހުން ވަނީ މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 835 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ޗައިނާ ނޫން ގައުމުތަކުގެ ތެރެއިން މިހާރު ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ ގައުމަކީ އީރާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް