Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 03:46
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު
ޕީޕަލް މެގަޒިން
މަސީހުގެ އިތުބާރުގެ މައްސަލަ
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުންވެސް މަސީހުގެ އިތުބާރުނެތްކަމަށް ވޯޓުދެއްވުމަށް ގޮވާލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވާނެކަމަށް، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބަރު ނެތްކަމުގެ މައްސަލަ، ހޯމަ ދުވަހުގެ (މާދަމާ)ގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ވޯޓް ދެއްވާނީ މަސީހާ ދެކޮޅަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ޒިންމާ ފުރިހަމައަށް އަދާކޮށް، ޤައުމަށްޓަކައި އެކުވެރި އެހެން މެމްބަރުންވެސް މަސީހުއަށް އިތުބަރު ނެތްކަމަށް ވޯޓު ދެއްވުމަށް ގޮވާލައްވާކަމަށެވެ.

އަމީތުއަކީ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެކެވެ. އަދި މިހާތަނަށްވެސް އަމީތު ވަނީ މަޖިލީހުގައި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން ނެރުނު ވިޕްލައިންތަކާއި އެއްގޮތަށް ވޯޓުދެއްވާފަ އެވެ. ނަމަވެސް އަމީތު ފަހަކަށް އައިސް ވަނީ ސަރުކާރާއި ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމަށް ފާސްކުރުމަށް، މަޖިލީހުގެ އަޤުލަބިއްޔަތު ބޭނުންވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންފިނަމަ 42 ވޯޓު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 މާރޗް 2017 | ހޯމަ 00:01
Mohamed Rasheed
Well done keep it up
26 މާރޗް 2017 | އާދީއްތަ 23:21
ަަސދަމޔދ
ޙަބަރުގެ 3 ވަނަ ޕެރެގުރާފްގަ އަމީތުގެ ނަން އޮޅިފައިވާކަން ފާހަގަ ކޮއްލަން
26 މާރޗް 2017 | އާދީއްތަ 23:20
Mari
Masheh eh nooney, "Ameeth"