Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 03:33
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ގޫގުލް
ރައީސް ނަޝީދު
ފެތެމުންދާ އޮޑީގައި ނުތިއްބެވުމަށް މެންބަރުންނަށް ގޮވާލަން: ރައީސް ނަޝީދު
ގިނަ ޙައްޤުތަކެއް ވަނީ ނިގުޅައިގެންފަ
ފަރުދީ، ސިޔަސީ، އިޤުތިޞާދީ ޙައްޤުތަކަށް ވަނީ އަރައިގެންފަ

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ބޮޑު ފަޅިއަށް އަރާވަޑައިގެންނެވުމަށާ، ފެތެމުންދާ އޮޑީގައި ނުތިއްބެވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ މ. ކުނޫޒުގައި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ޖަލްސާގައި ވީޑިއޯ މެދުވެރިކުރައްވާ ދެއްވި ހިޠާބެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ގިނަ ޙައްޤުތަކެއް ނަގާލާފައިވާ ކަމަށާ، އެކަންކަން ބަދަލުކޮށް، ޕާޓީތަކުން ގުޅިގެން ހެޔޮ ވެރިކަމެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

ގެއްލިފައިވާ ހައްޤުތަކާއި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިދާ މިސްރާބު އެނގި ހުރިހާ ރައްޔިތުން ކަންބޮޑު ވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިފައިވާ ކަމަށާ، ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށާ، ސިއްޙީ ޚިދުމަތް ހީނަރުވެފައިވާ ކަމަށެވެ. އަދި އޮތް ރޯގާ އަކީ ނެތް ރޯގާއެއްކަމުގައި ބުނެފައިވާ ކަމަށާ، ދަރިން މަރުގެ ތުންފަތްމައްޗަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި، ވަޒީފާގެ ފުރުޞަތެއް ނެތްކަން ފާހަގަ ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ކުދި ވިޔަފާރިވެރިންގެ ވިޔަފާރި ހީނަރުވެ، ބޮޑެތި ވިޔަފާރިވެރިންނަށް ހަމަލާ ދެމުންދާ ކަމަށެވެ. ގޯތި ނުލިބޭ ކަމަށާ، ލޯނު ނުލިބޭ ކަމަށާ، ރަށު ތަރައްޤީއަކީ ބުނެކިޔާ އާދޭސްކޮށްގެން ލިބޭ އެއްޗަކަށް ވެއްޖެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މީރާ ސިޔާސީ ހަތިޔާރަކަށް ހަދާފައިވާއިރު، ޝަރީޢަތަކީ ގޮނޑިކޮއްކޮއެއް ކަމަށެވެ. އަމަން ބަލަހައްޓަން ޖެހޭ ފުލުހުންނަކީ ސިޔާސީ ވެރިން ފަހާ ދުވާ ބައެއްގެ ގޮތުގައި ވެ ނިމިފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ކަންކަން ހުރިގޮތުން، ދިވެހިރާއްޖެ ބައިނަލްއަޤުވާމީ ސަފުން ބޭރުވެފައިވާ ކަމަށާ، ދިވެހި ސަރުކާރުން އިންޑިއާ ކަނޑުގެ އަމަން ނަގާލަމުންދާކަން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން މިއަދު މިތިބީ ތަރައްޤީ ވާން އޮތް ހަމައެކަނި މަގަކީ، އަހާއި އެކުގައި ލަގަންވެސް ދޫކޮށްލުން ކަމަށް ވިދާޅުވާ، އިކޮނޮމިސްޓެއްގެ ދަށުގައި ތާށިވެފައި ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
26 މާރޗް 2017 | އާދީއްތަ 22:54
ހޟދ
ޤާނޫނީ ސަރުކާރު ފުލުހުން ދަމަހައްޓާނަން ކަމަށާއި ހަމަނުޖެހުން ހިންގާނަމަ އެންމެ މަތީ ބާރު ބޭނުން ކުރާނަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ!؟