Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 03:18
އިމްރާން އަބްދުﷲ:މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެކަމަށް އޭނާ ވިދާޅުވި
އިމްރާން އަބްދުﷲ:މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެކަމަށް އޭނާ ވިދާޅުވި
ރާއްޖެއެމްވީ
މަސީހްގެ ވޯޓް
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
އިމްރާން ސިފަކުރެއްވި ގޮތުގައި މިއަދުގެ ވެރިކަމަކީ، އަނިޔާވެރިކަމާއި ބޭއިންސާފުން ހައްދުފަހަނަ އަޅާފައިވާ ވެރިކަމެއް
ިފަދަ ވެރިކަމެއްގެ ސަބަބުން މިނިވަންކަން ގެއްލި ޤައުމު އަޅުވެތިކަމެއްގެ ތެރެއަށް ހިނގައިދާނެ
ބޭއިންސާފާއި އަނިޔާވެރިކަން ދިވެހިންނަށް ހައްޤު ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަސްތޮޅު އެޅުވިފައި ތިބި ހުރަގެތަކުން މިނިވަންވުމަށް ވޯޓު ދެއްވުމަށާއި އެ ނޫންގޮތަކަށް ވޯޓުދެއްވައިފިނަމަ ދިވެހި ޤައުމު އެ މެމްބަރުންނަށް ދުވަހަކުވެސް މައާފުނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 

އައްޝެއިހު އިމްރާން އަބްދުﷲގެ ބަޔާން އިއްވަވަދެއްވީ އަދާލަތު ޕާޓިގެ ކައުންސިލް މެމްބަރު ސިދާތާ ޝަރީފް އެވެ. އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ ތާރީހުގައި ދިވެހި ރައްޔިތުން ކުރިމަތިލާންޖެހުނު ފަދަ ނުރައްކާތެރިކަމެއް މިއަދު ޤައުމަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބޭރުން އަންނަ ނުރައްކާތަކަށްވުރެ އެތެރެއިން އަންނަ ނުރައްކާތައް މިއަދު މާ ބޮޑު ކަމަށާއި، އެކަމާއި ކުރިމަތިލާއިރު މައްސަލަ ހައްލުކުރުމަށް ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ކަމަށެވެ.

 

އިމްރާން ސިފަކުރެއްވި ގޮތުގައި މިއަދުގެ ވެރިކަމަކީ، އަނިޔާވެރިކަމާއި ބޭއިންސާފުން ހައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އަދި މިފަދަ ވެރިކަމެއްގެ ސަބަބުން މިނިވަންކަން ގެއްލި ޤައުމު އަޅުވެތިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

 

"މިއަދު މި ޤައުމުގައި ހިތްދަތިކަމާއި، ވޭނާއި، ކެކުޅުން އިއހުސާސްކުރަމުން ނުދަނީ ކާކު. ނުވަތަ ރުޅިވެރިކަމުގެ އަލިފާނުގައި އަނދަމުންދަނީ ކިތައް މީހުން. މިއީ އަޅުގަނޑުމެންގެ ދަރިންނާއި، އަންނަން އޮތް ޖީލުތަކާއި ހަމައަސް މި ޤައުމު ވާސިލްކޮށްދޭން ހެޔޮވާނެ ގޮތެއް ނޫން. މިއީ އަޅުގަނޑުމެން ސަލާމަތްވާންޖެހޭ ހާލަތެއް" އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

 

އިމްރާން ވިދާޅުވި ބޭއިންސާފާއި އަނިޔާވެރިކަން ދިވެހިންނަށް ހައްޤު ނުވާ ކަމަށެވެ. އަދި މާ އުފާވެރި މާދަމައަކީ ދިވެހިންނަށް ހައްޤު ކަންކަންކަމަށާއި، މިނިވަންކަމާއި އުފާވެރިކަން ކޮންމެ މީހަކަށްވެސް ހައްޤުކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވައްކަމާއި، ކޮރަޕްޝަން އިތުރުވެ، ތިޖޫރި ހުސްކޮށްލުމަކީ ތަރައްޤީ ނޫން ކަމަށާއި، މި ކަންކަން ބަދަލުކުރަންޖެހޭނެކަމަށް އިމްރާން ވިދާޅުވި އެވެ.

 

"ދުނިޔޭގެ ދަހިވެތިކަން ނޫން އެހެންކަމެއް ނުފެންނަ ހަޔެއްކަ މީހުން އަބަދުވެސް ކޮމެވެސް ގޮތަކުން މި ޤައުމާއި ރައްޔިތުންގެ މައްޗަށް ޤައްދާރުވުމަށް ދެމިތިބޭ. ނަމަވެސް އެތަށް ދިވެހިންގެ މިންނެތް މަސައްކަތުން އަޅުގަނޑުމެން މިތިބީ އުއްމީދު ލިބޭ ހިސާބުގައި. މި ވަގުތު ވަރަށް ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދަންނަވާލާނީ ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުން ގައިދުކޮށްފައިތިބި ހަރުގެތަކުން މިނިވަންވެ އަމިއްލަ ޖަމީރުގެ މައްޗަށް ސިދާވެގެންވާ ދިވެހިރައްޔިތުންގެ ހައްޤުގައި ކުރިއަށް ނިކުމެވަޑައިގަތުމަށް" އިމްރާން ވިދާޅުވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް