ކ. މާލެ
|
27 މާރޗް 2017 | ހޯމަ 02:05
އިންފްލުއެންޒާ ވެކްސިން ހޯދުމަށް މީހުން ކިއު ހަދާފައި
އިންފްލުއެންޒާ ވެކްސިން ހޯދުމަށް މީހުން ކިއު ހަދާފައި
އަޝްވާ ފަހީމް
އެޗްވަންއެންވަން
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
ކަނޑައަޅާފައިވާ ދަރަޖަ އާއި ސްކޫލައި ގުޅުމެއް ނެތް
އިންފްލުއެންޒާގެ ޙާލަތު ދަނީ ރަނގަޅުވަމުން

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، އިންފްލުއެންޒާގެ ޙާލަތު ލެވެލް 3 ގައި އޮތުމަކީ، ސްކޫލްތައް ބަންދު ކުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާ ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހެލްތާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުރި މަސައްކަތްތުގެ ނަތީޖާއެއްގެ ގޮތުން، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރޯގާ ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، ބަލިޖެހޭ ޟީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ. އަދި ފްލޫ ކްލިނިކްތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށާ، މިކަމާއި ގުޅިގެން ބައެއް ފްލޫ ކްލިނިކްތައް ބަންދުވެސް ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މާލެގައި އެޗްވަންއެންވަން ފެތުރެންފެށި ދުވަސްވަރު ދުވާލަކު 1098 މީހުން ޑޮކްޓަރަށް ދައްކާ ކަމަށާއި، ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޑޮކްޓަރަށް ދައްކަފައިވަނީ 257 މީހުން ކަމަށެވެ. އެޑްމިޓްކޮށްގެން މާލޭގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވާ މިހާރު ތިބީ 26 މީހުން ކަމަށާ، އަތޮޅުތެރޭގައި އެޑްމިތްކޯށްގެން ފަރުވަދެމުންދަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ފަސް މީހުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާ ފަދަ ވައިރަލް ރޯގާ ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢީއްޔާއިން ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ތަފާތު ލެވެލްތައް ކަނޑައަޅާފައިވާ ކަމަށާ، ރައްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ލެވެލް ތަނަކީ އެގޮތުން ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ އެކި މުއައްސަސާތަކުން ރޯގާ ފެތުރުން މަދުކުރުމުގެ މަސައްކަތްތައް ހިންގުމަށް ކަނޑައެޅިފައިވާ މިންގަނޑު ކަމަށެވެ.

އެޗްޕިއޭއިން ބުނީ، ލެވެލް ތިނެއްގެ މި ދަރަޖަ އަކީ، ސްކޫލްތައް ބަންދުކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެޗްޕީއޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން މަޖުބޫރުކޯށްގެން މިއަދު ސްކޫލްތަކުގެ ކިޔެވުން ފެށިނަމަވެސް، ސްކޫލްތަކަށް ގޮސްފައިވަނީ މަދު އަދަދެއްގެ ކުދިންނެވެ.

- ކޮމެންޓް