ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 22:32
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ)
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ)
ރާއްޖެއެމްވީ
މަސީޙުގެ ވޯޓު
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
ބާރުތައް ފެށެނީ ރައްޔިތުންނާއި ހިސާބުން
ޖަލްސާ ޓީވީން ދައްކާނެ ކަމުގެ ޔަޤީންކަމެއް ނެތް
ނޫސްވެރިންނާއި، ޖަމުޢިއްޔާތަކާއި، ރައްޔިތުން ޖަލްސާ އޮބްޒަރވް ކުރުމަށް މަޖިލީހަށް ދިއުމަށް ގޮވާލެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް، ހޯމަ ދުވަހު ވޯޓު ނެގުމަށް ހަމަޖެހިފައިވާ އިރު، އެ ޖަލްސާ އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމުޢިއްޔާތައް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ) ގޮވާލައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހޯމަ ދުވަހުގެ ވޯޓާ ގުޅިގެން، އެ ޖަލްސާގެ އެންމެހާ ކަންކަން ބެލުމަށާއި ރައްޔިތުންނާ ހަމައަށް ސާފު މައުލޫމާތު ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ދިއުމަށް، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އިބޫ އިލްތިމާސް ކުރައްވާ ކަމަށެވެ.

އެމްޑީޕީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ތާރީޚީ ވޯޓެއް ކަމަށްވާއިރު، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޓީވީގެ ޒަރީޢާއިން ނުވަތަ އެހެން ޓެކްނޮލޮޖީގެ އެހީތެރިކަމާ އެކު މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގާނެ ގޮތް ވަގުތުން ގެނެސްދޭނެ ކަމަށް ބަލައިގެންނުވާނެ ކަމަށެވެ. އެހެންކަމުން، ހޯމަ ދުވަހު މަޖިލީހުގައި ހިނގާނެ ކަންކަން ގާތުން ބެލުމަށް ސިޔާސީ ކަންކަމާ މެދު ވިސްނަވާ ރައްޔިތުން ވެސް މަޖިލީހަށް ވަޑައިގަތުމަކީ މުހިއްމު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެމްޑީޕީން ބުނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވުމާއި، މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިވާ ހިނދު، މިވަގުތަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ވަގުތު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު މާޗް 27 ވާ ހޯމަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު، މި ވޯޓުގައި މަސީޙާ ދެކޮޅަށް ވޯޓު ލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ ތްރީ ލައިން ވިޕު ނެރެފައެވެ. އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނާއި އަދާލަތު ޕާޓީން ވެސް ވަނީ މަސީޙާ ދެކޮޅަށް ވޯޓު ދިނުމަށް ނިންމާފައެވެ.

- ކޮމެންޓް