ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 11:34
ސޫރިޔާ އަސްކަރިއްޔާއިން އިދްލީބަށް ދިން ވައިގެ ޙަމަލާގެތެރެއިން
ސޫރިޔާ އަސްކަރިއްޔާއިން އިދްލީބަށް ދިން ވައިގެ ޙަމަލާގެތެރެއިން
ޑެއިލީ މިރޯ
ސޫރިޔާ
ސޫރިޔާގެ އަސްކަރީން ދިން ޙަމަލާއެއްގައި އެޤައުމުގެ 20 މަދަނީން މަރުވެއްޖެ
 
އަސްކަރީން ވަނީ ފާއިތުވެ ދިޔަ 48 ގަޑިއިރު ދިން ޙަމަލާތަކުގައި އިދްލީބަށް ބޮޑެތި ގެއްލުންތައް ވެފައިވޭ
 
އަސްކަރީންގެ ޙަމަލާތަކުގައި 9 ކުޑަކުދިން މަރުވި ކަމަށް ޚަބަރުލިބޭ

ސޫރިޔާ އަސްކަރިއްޔާއިން އެޤައުމުގެ އިދްލީބުގައި ދިން ޙަމަލާއެއްގައި މަދަނީންގެ 20 މީހުން މަރުވެއްޖެއެވެ.

ސޫރިޔާގެ މަޞްރަޙު ގާތުން ބަލަމުންދާ ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން މަޢުލޫމާތުދޭ ގޮތުގައި، ސޫރިޔާ ސަރުކާރުގެ އަމުރުގެ މަތިން އެޤައުމުގ އަސްކަރީން ވަނީ އިއްޔެއާއި ރޭގެ ވަގުތުތަކުގައި އެޤައުމުގެ އިދްލީބު އަވަށަށް އެއްގަމާއި ވައިގެ މަގުން އަސްކަރީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެޤައުމުގެ އިދިކޮޅު ފަރާތްތަކުގެ މައި ޖަގަހަތަކައް ޢަމާޒުކޮށް ދިން ކަމަށް ބުނާ މި ޙަމަލާތަކުގައި 9 ކުޑަކުދިން ވެސް މަރުވި ކަމަށް ޚަބަރުލިބެއެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު، ސޫރިޔާގެ އަސްކަރީން އިދްލީބަށް އެއްގަމާއި ވައިގެ މަގުން ޙަމަލާދީފައިވާއިރު، މީގެތެރޭގައި ސްކޫލްތައް ހިމެނޭކަމަށް ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ. ސޭވް ދަ ޗިލްޑްރެން އިން ވަނީ ސޫރިޔާގެ އަސްކަރީ ޙަމަލާތަކުގައި ކުޑަކުދިން މަރުވެފައިވާތީ އެކަން ކުށްވެރިކޮށް، މިފަދަ ޙަމަލާތައް ހުއްޓުވަން ސޫރިޔާ ސަރުކާރަށް ގޮވާލާފައެވެ. ފާއިތުވެދިޔަ 48 ގަޑިއިރު މެދުކެޑުމެއް ނެތި ދިން މި ޙަމަލާތަކުގައި އިދްލީބް އަވަށަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. ސޫރިޔާ ސަރުކާރުން ބުނަނީ މަދަނީންނަށް ޢަމާޒުކޮށް ޙަމަލާ ނުދޭ ކަމަށާއި، ޙަމަލާތަކުގައި މ މަދަނީން މަރުވެފައިވަނީ، ހަނގުރާމަވެރިންނާއި އިދިކޮޅު ފަރާތްތަކުން، މަދަނީން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން ސޫރިޔާ ސަރުކާރުން އެޤައުމުގެ އިދްލީބަށް ދެމުންގެންދާ ޙަމަލާތަކުގައި 11 މިލިއަން މީހުން ވަނީ ޙާލުގައި ޖެހިފައެވެ. މީގެ ތެރެއިން 170،00 މީހުން ދިރިއުޅެމުން ދަނީ ބިކަ ޙާލުގައި ކަމަށް އދ ގެ އޮފީސް ފޮރ ކޯޑީނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއަރޒް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
0%
50%
0%
0%
0%
ކޮމެންޓް