ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 07:50
ކޮވިޑް19 އަށް ފަރުވާ ހޯދަނީ
ކޮވިޑް19 އަށް ފަރުވާ ހޯދަނީ
ސީ.އެން.އެން
ޕާކިސްތާން
ޕާކިސްތާނުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ފެނިއްޖެ
ދެމީހުންގެ ހާލަތު ސްޓޭބަލް
ސީރިއަސް ހާލަތަކަށް ނުދޭ
މަރުވި މީހުންގެ އަދަދު ވަނީ 2770 އަށް ވަނީ އަރާފައި

ޕާކިސްތާނުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ފެނިފައިވާ ކަމަށް އެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަފަރު މިރްޒާ ވިދާޅުވީ ކޮވިޑްއަށް ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، ދެމީހުންގެ ޙާލަތު ސްޓޭބަލް ކަމަށެވެ. އަދި މިދެކޭސްއާ ބެހޭ އިތުރު މަޢުލޫމާތު ޢާންމުކޮށްފައެއް ނުވެއެވެ. މިރުޒާ ވިދާޅުވީ ޞިއްޙި ޕްރޮޓޮކޯލްއާ އެއްގޮތައް ދެ ކޭސް ވެސް ބަލަމުންދާ ކަމަށާއި، ކަންބޮޑުވާންޖެހޭ ޙާތަކަށް ނުދާ ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުން ވެސް މިދަނޑިވަޅުގައި ކަންބޮވުމުގެ ބަދަލުގައި ޒިންމާދާރު ކަމާއެކު މިވައިރަސްއިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ ނެގުމަށް ވަނީ މިރުޒާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޕާކިސްތާނުން ފެނުނު މިދެކޭސްއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ކޮވިޑް-19 ފުރަތަމަ ފެނުނީ ކަރާޗީން 22 އަހަރުގެ ފިރިހެނެއްގެ ގައިން ކަމަށެވެ. އަދި އޭނާއަކީ އިރާނަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ދެވަނަ ކޭސް ރިޕޯޓުކޮށްފައިވަނީ އިސްލާމްއާބާދުން ކަމަށެވެ.

ޕާކިސްތާނުން ދެކޭސްއެއް ފެނިފައިވާކަން އިޢުލާންކޮށްފައިވާއިރު، ބްރެޒިލްއިން ވެސް ވަނީ މިބައްޔަށް ފޮޒިޓިވްވި މީހަކު ފެނިފައެވެ. މިކޭސްއާއެކު މިހާރު އެންޓަރޓިކާ ބައްރު ފިޔަވާ އެހެން ހުރިހާ ބައްރަކުން މި ބަލި ވަނީ ފެނިފައެވެ. މުޅި ދުނިޔެއަށް އަޅާ ބަލާއިރު، 81،295 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މަރުވީ މީހުންގެ ޢަދަދު ވަނީ 2770 އަށް އަރާފައެވެ.

- ކޮމެންޓް