Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 20:39
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ޓްވިޓަރ
މަސީހުގެ އިތުބާރު
ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!
ރިސޯޓުގައި ބާއްވަން އުޅުނު ޕީޖީ ބައްދަލުވުން ކެންސަލް
ބައްދަލުވުން އޮންނާނީ ޕީޕީއެމް އޮފީހުގައި
މަސީހުގެ އިތުބާރު މައްސަލައިގެ ވޯޓް ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގެ ވޯޓާ ދިމާކޮށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން އޮޅުވެލިފުށީގައި ހިންގަން އުޅުނު ހަރަކާތް ކެންސަލް ކޮށްފި އެވެ.

 

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ނިންމާފައި އޮތީ، އޮޅުވެލިފުށީފައި އެ ގްރޫޕުގެ ޖަލްސާއެއް ބޭއްވުމަށެވެ. އަދި ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއާ ހަމައަށް މެންބަރުން އެ ރިސޯޓުގައި ބޭތިއްބުމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހަވީރު މެންބަރުން ފުރާ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ.

 

ރިސޯޓުގައި މެންބަރުން ބޭތިއްބުމަށް ނިންމާފައި އޮތް ނަމަވެސް، ފަހުން އެ ގްރޫޕުން ވަނީ ރިސޯޓް ދަތުރު ކެންސަލް ކޮށްފަ އެވެ. ރިސޯޓް ދަތުރު ކެންސަލްކޮށް، އާދިއްތަ ދުވަހުގެ ރޭ މާލޭގައި ޕީޖީ ގްރޫޕުގެ ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

 

އެގޮތުން ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ޕާޓީ އޮފީސް ހުންނަ، ހ. ހުރަފާގަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ދުރުކުރުމަށް، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ޕީޕީއެމް ފެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ފެއިލްކޮށްލާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.

 

މަސީހުގެ އިތުބާރުގެ މައްސަލައިގައި ވޯޓަށް އެހުން ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައިވާއިރު، އިދިކޮޅު ޕާޓީތަކުން ވަނީ، މަގާމުން މަސީހު ދުރުކުރެވޭ ވަރަށް ވުރެ ގިނައިން މެންބަރުން ހަމަވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ހޯމަ ދުވަހުގެ ޖަލްސާ އަށް ވަންނާނީ އެ އަދަދަށް މެންބަރުން ގޮވައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ، ވޯޓުގެ ތިން ދުވަސް ކުރިން ހުރިހާ މެންބަރުންނަށް މާލޭގައި ތިބުމަށް އަންގަވާފަ އެވެ. އަދި އެ ވޯޓަކީ ހަމައެކަނި މަސީހުއާ ދެކޮޅަށް ނެގޭ ވޯޓެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
26 މާރޗް 2017 | އާދީއްތަ 19:48
ARAA
Manikufaan ah dhannavan othy manikufaan hamajehigen dhen mirey nidhaalaashey.. ppm fail
26 މާރޗް 2017 | އާދީއްތަ 19:46
ARAA
mihaa jageen kan bodu vote aehgga dhen keevve mi fiyaathoshi baaogadah hamajehigen nuthibevigen ulheny.. hama reedhoo meehundheke birugannanee.. birunugannama konkamih.. mifaharu ppm fail.
26 މާރޗް 2017 | އާދީއްތަ 19:46
ARAA
mihaa jageen kan bodu vote aehgga dhen keevve mi fiyaathoshi baaogadah hamajehigen nuthibevigen ulheny.. hama reedhoo meehundheke birugannanee.. birunugannama konkamih.. mifaharu ppm fail.
26 މާރޗް 2017 | އާދީއްތަ 19:45
ވައިޓުހައުސް
މައުމޫނާ އެއްކޮޅައްވޯޓުދޭ އެމްޑީޕީ މެންބަރުން ރޯނެދުވަހެއް އަންނާނެ