Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 20:36
ޕީޕީއެމްގެ ނައިބު ރައީސް ވައްޑެ
ޕީޕީއެމްގެ ނައިބު ރައީސް ވައްޑެ
މުހައްމަދު ޝަރުހާން
ވައްޑެ ވަކިކުރުން
ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި
ވައްޑެ ވަކި ނުވަ ކަމަށް މައުމޫން ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ޕީޕީއެމުން ވަކި ކުރަން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމިންގެ ފެކްޝަނުގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

 

ވަހީދު ޕީޕީއެމްއިން ވަކިކުރުމާ ގުޅޭ ގޮތުން ރައީސް ޔާމިން ފެކްޝަނުގެ ސުލޫކީ ކޮމިޓީގެ ބަހެއް "ރާއްޖެއެމްވީ"އަށް ލިބިފައި ނުވިޔަސް އެކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވަނީ އެހެން މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައެވެ.

 

ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަހީދު ޕީޕީއެމްއިން ވަކިކުރަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުމާއި ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ސާބިތު ނުހިފޭ ވާހަކަ ދެއްކުން ހިމެނެއެވެ.

 

މީގެ އިތުރުން ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވުމާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް ސަރުކާރަށް ފާޑު ކިއުން ވެސް ހިމެނެއެވެ.

 

ވަހީދުގެ ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާތީ އެކަމަށް ޖަވާބުދާރީވުމަށް މިދިޔަ ބުދަ ދުވަހު ޕީޕީއެމްއިން އޭނާއަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް ވަހީދު އެ ސިޓީއަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

 

ވަހީދު ޕާޓީން ވަކި ކުރުމާއި ގުލޭ ގޮތުން ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ، ވަހީދު ޕާޓީގެ މެންބަރުގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ.

 

މައުމޫން ވިދާޅުވެފައިވަނީ ވަހީދު ޕާޓީން ވަކިކުރުމަކީ ޤާވައިދާ ޚިލާފު ބާތިލް ކަމެއް ކަމަށާއި އޭނާ އަކީ އަދި ވެސް ޕާޓީގެ ނައިބު ލީޑަރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް