ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 07:29
އަންދާލީ މިސްކިތް: ހިންދޫންގެ ދިދައެއް ނަގާފައި
އަންދާލީ މިސްކިތް: ހިންދޫންގެ ދިދައެއް ނަގާފައި
ދަ ވަޔަރ އިންޑިއާ
އިންޑިއާ
ދިއްލީގެ މިސްކިތެއްގައި ހުޅުޖަހައިފި
150 މީހަކު ވަނީ ޒަހަމްވެފައި: އިންޑިއާގެ މީޑިއާ
އަންދާލާފައިވަނީ ދިއްލީގެ މިސްކިތެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހަރުކަށި ހިންދޫންތަކެއް ނިކުމެ މުސްލިމުންގެ މިސްކިތެއްގައި ހުޅުޖެހުމާއި ގުޅިގެން ހިނގި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިފޯޓުކޮށްފައިވާ ގޮތުން ހިންދޫންގެ ގިނަބަޔަކު ވަނީ މިސްކިތް ވަށައި ފުރާލާފައެވެ. ސޯޝަލް މީޑިއާގައި ޢާއްމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތް ހުޅުޖެހި މީހުން މިސްކިތުގެ މުންނާރު މައްޗަށް އަރާ ހުދު ކުލައިގެން ދިދައެއް ނަގަން އުޅޭ ތަނެވެ. މިސްކިތުގައި ހުޅު ޖަހާލާފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން މިސްކިތް ސަރަހައްދުގައި ހުރި ފިހާރަތަކަށްވެސް ވަނީ ގެއްލުން ދީފައެވެ. ބައެއް މަސްދަރުތައް ބުނެފައިވާ ގޮތުން މަރުވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންވެސް ހިމެނޭއެވެ. އަދި މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި 150 މީހަކު ވަނީ ޒަޚަމްވެފައެވެ. ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް