ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 17:30
ޗިޓެސްޓްސޫ ވަތްނަބޭ- އުމުރުން އެންމެ ދުވަސްވީ މީހާ
ޗިޓެސްޓްސޫ ވަތްނަބޭ- އުމުރުން އެންމެ ދުވަސްވީ މީހާ
ސީ.އެން.އެން
އުމުރުން އެންމެ ދުވަސްވީ މީހާ
އުމުރުން އެންމެ ދުވަސްވީ މީހާ 112 އަހަރުގައި މަރުވެއްޖެ
 
ރިކޯޑް ފޮތުން އޭނާއަށް ޖާގަލިބިފައިވަނީ މިފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު
 
މިމީހާ އުފަންވެފައިވަނީ 1907 ވަނަ އަހަރުގެ މަރޗްމަހުގެ 5 ވަނަ ދުވަހު

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާކަމުގައިވާ ޗިޓެސްޓްސޫ ވަތަނަބޭ، އުމުރުން 112 އަހަރުގައި މަރުވެއްޖެއެވެ.

ޖަޕާނުގައި އުޅެމުންދާ މިމީހާ އުފަންވެފައިވަނީ 1907 ވަނަ އަހަރުގެ މަރޗް މަހުގެ 5 ވަނަ ދުވަހު އެވެ. ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާކަމަށް ދުނިޔެގޭ ރިކޯޑް ފޮތުން އޭނާއަށް ޖާގަ ލިބިފައިވަނީ މިފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

ދުނިޔޭގެ ރިކޯޑް ފޮތް ބުނާގޮތުން އޭނާ އުފަންވީ ޖަޕާނުގެ ނިއިގާތާގަ އެވެ. އޭނާފަހުން ވަނީ ތައިވާނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އަދި އޭގެފަހުން ޖަޕާނަށް ބަދަލުވެ އެގައުމުގެ ނިއިގާތާގެ އެގްރިކަލްޗަރ އޮފީހުގައި ވަނީ މަސައްކަތްކޮށްފަ އެވެ.

2019 ވަނަ އަހަރު ޖަޕާނުގެ ނޫސް އެޖެންސީއަކަށް ދިން އިންޓަރވިއުއެއްގައި ވަތަނަބޭ ބުނެފައިވަނީ ދުނިޔޭގައި ގިނަ ދުވަހު ހުރުމުގެ ސިއްރަކީ ރުޅި ނައިސް ހިނިތުންވުމާއެކު އުޅުންކަމަށެވެ.

ވަތަނަބޭ މަރުވެފައި މިވަނީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބުމުގެ ކުރިންނެވެ. މިލަގަބު ލިބިފައިވަނީ އުމުރުން 116 އަހަރުގައި މަރުވެފައިވާ ޖަޕާނުގެ ޖިރުއޮމަން ކިމިއުރާ އެވެ. އޭނާ މަރުވެފައިވަނީ 2013 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް