ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 11:46
ޑރ. މަހާތީރު މުހައްމަދު
ޑރ. މަހާތީރު މުހައްމަދު
ރޮއިޓަރސް
މަހާތީރު މުހައްމަދު
މެލޭޝިއާގެ ބޮޑު ވަޒީރު މަހާތީރު އިސްތިއުފާ ދެއްވަނީ
 
ވަރަށް އަވަހަށް ބަޔާނެއް ނެރޭނެކަމަށް ބުނެފައިވޭ
 
މަހާތިރުގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް
 
ރިޕޯޓްތަކުން ބުނާ ގޮތުގައި މަހާތިރު ވަނީ އިސްތިއުފާގެ ސިޓީ ރަސްގެފާނަށް ފޮނުއްވާފަ

މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދު އިސްތިއުފާދެއްވަން ނިންމަވާ، އެކަން ރަސްގެފާނަށް ހުށަހަޅުއްވައިފިއެވެ.

މެލޭޝިއާގެ ނޫސްތަކުން މިކަން ރިޕޯޓްކޮށްފައިވާއިރު، ރޮއިޓަރސްއިން ބުނީ މިކަމާ ގުޅުން ހުރި ނަން ހާމަކުރަން ބޭނުންނުވާ ދެ ފަރާތަކުން މަހާތިރު އިސްތިއުފާ ދެއްވަން ނިންމިކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. އަދި މިހާރު މިކަން ބޮޑު ވަޒީރުގެ އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

94 އަހަރުފުޅުގެ މާހާތިރުގެ މި ނިންމެވުމާ، އެ ގައުމުގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމާ ގުޅުމެއްވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންވަރު ފޭސްބުކް ލައިވްއެއް މެދުވެރިކޮށް އާދީއްތަ ކުރެއްވި އިއުލާނެއްގައި، އަންވަރުގެ އަމިއްލަ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފެކްޝަނަކާއި މަހާތީރުއާ އެއްބައިވެ، އޭނާއަށް ބޭވަފާތެރިވެފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.

2018 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ އިންތިހާބުގައި އޭރުގެ ބޮޑު ވަޒީރު ބަލި ކުރުމަށް މަހާތީރު ވަނީ ގިނަ ފަރާތްތަކަކާ ކޯލިޝަން ހައްދަވާފައެވެ. އޭގެތެރޭގައި އަންވަރު ހިމެނިވަޑައިގަންނަވާއިރު، އެއްބަސްވުމުގެ ދަށުން ދެ އަހަރު ފަހުން ގައުމުގެ ބޮޑު ވަޒީރުކަން އަންވަރާ ހަވާލު ކުރަން ޖެހެއެވެ. ނަމަވެސް، މާހާތީރު މިހާރު ބޮޑު ވަޒީރުކަމުން ފައިބައިވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންތިހާބު ބޭއްވިއިރު ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަންވަރު މިނިވަންވެވަޑައިގެންފައިވަނީ ރަސްގެފާނު "ޝާހީ މާފު" ދެއްވުމުންނެވެ. ރަސްގެފާނު ޝާހީ މާފު ނުދެއްވިނަމަ، ޖަލުން މިނިވެގެން ފަސް އަހަރު ދުވަހު އަންވަރަށް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް އެއްވެސް އިންތިހާބެއްގައި ވާދަކުރެއްވުމުގެ ފުރުސަތެއް ލިބިވަޑައިއެއް ނުގަންނަވާނެއެވެ.

މަހާތީރުގެ އިސްތިއުފާގެ ސިޓީ ރަސްގެފާނަށް ހޯމަ ދުވަހު ފޮނުއްވާފައިވާއިރު، މިއަދުގެ ވަގުތެއްގައި އަންވަރާއި ރަސްގެފާނުގެ ބައްދަލުވުމެއް އޮންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް