Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 15:20
ދިޕިކާ ޕަޑުކޯން
ދިޕިކާ ޕަޑުކޯން
ގޫގުލް
ބޮލީވުޑް
ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ
ދިޕިކާ އަކީ މިހާރު ވެސް 18 ބްރޭންޑެއްގެ ންރޭންޑް އެންބެސެޑަރު

ބޮލީވުޑްގެ ސްޕަސްޓާ އަނިލް ކަޕޫރުގެ އަންހެން ދަރި ސޯނަމް ކަޕޫރޫ އަށް ފަހު ބޮލީވޫޑްގެ ތަރިންގެ ތެރެއިން އެންމެ ގިނަ ބްރޭޑް އެމްޑޯޒް ކުރި ތަރިއަކަށް ދިޕިކާ ޕަޑުކޯން ވެއްޖެއެވެ.

ދާދިފަހުން ހޮލީވުޑުގް ފިލްމްތަކުން ޖާގަ ހޯދި ދިޕިކާ ވަނީ އިންޑިއާގެ މޯބައިލް ކުންފުންޏެއްގެ ބްރޭންޑް އެންބެސެޑަރަކަށްވެފައެވެ. އަދި އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ދިޕކާ ހަމަޖެއްސީ ކުރިން އެ ކުންފުނީގެ ބްރޭންޑް އެންބެސެޑަރެއްގެ ގޮތުގައި ހުރި ސާނަމް ކަޕޫރު ބޭރު ކުރުމަށް ފަހު އެވެ.

ބޮލީވޫޑުގައި އެންމެ ކާމިޔާބް އަދި އެންމެ އަގު ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ދިޕކާ ވަނީ މިހާތަނަށް 18 ބްރޭންޑެއް އެންޑޯޒް ކޮށްފައެވެ. އަދި ދިޕިކާ ވެފައި ވަނީ އެންމެ ގިނަ ބްރޭޏްޑް އެންޑޯޒް ކުރި އިންޑިއާ ތަރިއަށެވެ.

ދިޕިކާ އަށް އެއް ވަނަ ބްރޭންޑް އެންބެސެޑަރުގެ މަގާމް ލިބިފައިވާއިރު މި ދުވަސްވަރު ދިޕިކާ މަސައްކަތް ކުރަމުން ދަނީ ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފިލްމް ޕަދުމާވަތީގެ ޝޫޓިންގެ މަސައްކަތުގައެވެ.

 އެ ފިލްމުގައި ދިޕިކާއާއެކު ފެނިގެން ދާނީ ޝާހިދު ކަޕޫރުގެ އިތުރުން ދިޕިކާގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމަުން އަންނަ ރަންވީރު ސިންގްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް