ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:34
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ބާރު މިނުގައި ފެތުރެމުން
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ބާރު މިނުގައި ފެތުރެމުން
ޓްވިޓަރ
ކޮރޯނާވައިރަސް
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 78,572 އަށް، މަރުވި މީހުންގެ އަދަދު 2,458 އަށް
 
ޗައިނާއިން ބޭރުން މިވައިރަސް ޖެހިގެން 17 މީހުން ވަނީ މަރުވެފައި
 
ހޮނިހިރު ދުވަހު މިވައިރަސް ހޫބޭ ޕްރޮވިންސުގެ 630 މީހެއްގެ ގައިން ފެނިފައިވޭ

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2458 ށް އަރާފައިވާކަމަށް ޗައިނާއިން ހާމަކޮށްފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ހޫބޭ ޕްރޮވިންސުން ކޮރޯނާވައިރަސް ޖެހިފައިވާ 90 މީހުން މަރުވެފައިވާކަމަށެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2,346 އަށް އަރާފަ އެވެ.

ހޮނިހިރު ދުވަހު މިވައިރަސް ހޫބޭ ޕްރޮވިންސުގެ 630 މީހެއްގެ ގައިން ފެނިފައިވެ އެވެ. އޭގެތެރެއިން 32 މީހުންނަކީ ޖަލުގެ ގައިދީންނެވެ. ޗައިނާގައި މިވައިރަސް ޖެހިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 64,084 މީހުން ގައިންނެވެ.

ހޫބޭ ޕްރޮވިންސްގައި މިވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި 40,127 މީހުންނަށް ފަރުވާ ދެމުން ދެއެވެ. މީގެތެރެއިން 1,845 މީހުންގެ ހާލު ސީރިއަސްކަމަށް ޗައިނާއިން ބުނެ އެވެ. އަދި މިހާތަނަށް މިވައިރަސްއަށް ފަރުވާ ހޯދައިގެން 15,299 މީހުން ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

ޗައިނާއިން ބޭރުން މިވައިރަސް ޖެހިގެން 17 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ އިރާނުގެ 5 މީހުންނާއި ޖަޕާނުގެ 3 މީހުންނާއި ހޮންގ ކޮންގ، ސައުތުކޮރެއާ އިޓަލީން މިއިން ކޮންމެ ގައުމަކުން ވަނީ 2 މީހުން މަރުވެގެން ރިޕޯޓްކޮށްފަ އެވެ. ތައިވާނާއި ފިލިޕީންސް އާއި ފްރާންސުންވަނީ އެކަކު މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން މަރުވެފަ އެވެ.

މިހާތަނަށް އާއިރު މުޅި ދުނިޔެއިން މިވައިރަސް 78,572 މީހުންނަށް ޖެހިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް