ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:27
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
އަލްޖަޒީރާ
ސީރިޔާ
އިދްލިބްގެ މައްސަލާގައި އުރުދުޣާން ޖަރމަނީ، ފުރާންސް އަދި ރަޝިޔާގެ ލީޑަރުންނާ ބައްދަލުކުރައްވަނީ
 
ތުރުކީން މިހާރުވެސް އަންނަނީ ސީރިއާގެ 3.7 މިލިއަން ރެފިޔުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން
 
އުރުދުޣާން ވިދާޅުވީ މަރޗް މަހުގެ 5 ވަނަ ދުވަހު މިބައްދަލުވުން އޮންނާނެކަމަށް

ސީރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގެ ހާލަތާމެދު އަންނަ މަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބުއުރުދުޣާން ޖަރމަނީ، ފުރާންސް އަދި ރަޝިޔާގެ ލީޑަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިހެން ވިދާޅުވެފައި މިވަނީ ހޮނިހިރު ދުވަހު ސީރިޔާގެ ހުޅަނގު އުތުރު ޕްރޮވިންސް ކަމުގައިވާ އިދްލިބްގައި ތުރުކީގެ ސިފައިންގެ މީހަކު ސީރިޔާގެ ސަރުކާރުގެ ފައުޖުތަކުން ދިން ހަމަލާތަކުގައި މަރުވުމާ ގުޅިގެންނެވެ. މިއީ މިމަސްތެރޭގައި މަރުވި ތުރުކީގެ ސިފައިންގެ 16 ވަނަ މީހާއެވެ. އިދްލިބްގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމުގެ ވާހަކަތައް މޮސްކޯ އާއި އަންކާރާ އާ ދެމެދު ވަނީ ފަށާފަ އެވެ. ނަމަވެސް މިވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން އުރުދުޣާން ވިދާޅުވީ މަރޗް މަހުގެ 5 ވަނަ ދުވަހު މިބައްދަލުވުން އޮންނާނެކަމަށެވެ. ނަމަވެސް މިބައްދަލުވުން އޮންނާނެ ތަނެއް އުރުދުޣާން ވިދާޅެއްނުވެ އެވެ. އެހެންނަމަވެސް އެސަރަހައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް މަގު ޗާޓެއް އެކުލަވާލައިގެން މަސައްކަތްކުރުމަށް ހުކުރު ދުވަހު ރަޝިޔާގެ ރައީސް ޕުޓިން އާއި ޖަރމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް އަދި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އާ ފޯނުން ގުޅުއްވާ ވާހަކަދެއްކެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީން ވަނީ އެތައް ހާސް ސިފައިންގެ ފައުޖުތައް ސީރިއާގެ ދެކުނު ބޯޑަރ ސަރަހައްދަށް ފޮނުވާފަ އެވެ. ތުރުކީން މިހާރުވެސް އަންނަނީ ސީރިއާގެ 3.7 މިލިއަން ރެފިޔުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އަދި އިތުރު ރެފިޔުޖީންނަށް ހިމާޔަތް ނުދެވޭނެކަމަށްވެސް އެގައުމުން އަންނަނީ ބުނަމުންނެވެ.

ހުކުރު ދުވަހު މެކްރޮން އާއި މާރކެލް ވަނީ އިދްލިބަށް ދިމާވެފައިވާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކަމާމެދު މަޝްވަރާކޮށްގެން ވީއެންމެ އަވަހަކަށް ގޮތެއް ނިންމުމަށް ގޮވާލައްވާފަ އެވެ. އުރުދުޣާން ޕުޓިން އާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އިދްލިބްގެ މައްސަލަ ހައްލުވާނީ 2018 ވަނަ އަހަރު ސޮއިކޮށްފައިވާ އެގްރިމެންޓާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއެއްބަސްވުމުގެ ދަށުން ތުރުކީއަށް އިދްލިބްގައި އަސްކަރީ ޕޯސްޓެއް ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ނުދަނީ ސީރިޔާ ސަރުކާރުގެ ލަޝްކަރުތައް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާތީ އެވެ.

އިދްލިބްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އދ އިން ބުނެފައިވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. ނޫންނަމަ އެސަރަހައްދުގައި ލޭގެ ކޯރެއް އުފެދިގެންދާނެކަމުގެ އިންޒާރު އދ އިން ވަނީ ދީފަ އެވެ. މިހާތަނަށް އާއިރު ސީރިޔާގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން 9 ލައްކަ މީހުން ވަނީ ސީރިޔާ ދޫކޮށްގޮސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް