ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:22
އިސްރާއީލް ސިފައިން ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވަނީ
އިސްރާއީލް ސިފައިން ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވަނީ
އަލްޖަޒީރާ
ފަލަސްތީން
އިސްރާޢީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި
 
މަންޒަރުދުށް މީހަކު ބުނެފައިވަނީ އިސްރާއީލްގެ ސިފައިން ވަނީ މިމީހާއަށް ތަކުރާރުކޮށް އެތައް ފަހަރަކު ހަމަލާދީފައި
 
މިމީހާއަށް އިސްރޭލްގެ ސިފައިން ހަމަލާދީފައިވަނީ އިސްރާއީލްގެ ސިފައިންނަށް މިމީހާ ހަމަލާދޭން އުޅުމުން އެކަމުން ދިފާޢުވުމުގެ ގޮތުން

އިސްރާޢީލުން ދިން ހަމަލާތަކެއްގައި ފަލަސްތީން މީހަކު ޝަހީދުކޮށްލައިފި އެވެ.

މިމީހާ ޝަހީދުކޮށްލާފައިވަނީ ޖޭރުއްސަލަމް ގެ ދުވަސްވީ ސިޓީއެއްގެ ބޭރުގައެވެ. މިމީހާއަށް އިސްރޭލްގެ ސިފައިން ހަމަލާދީފައިވަނީ އިސްރާއީލްގެ ސިފައިންނަށް މިމީހާ ހަމަލާދޭން އުޅުމުން އެކަމުން ދިފާޢުވުމުގެ ގޮތުން ކަމަށް އިސްރާއީލުން ބުނެއެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާ އިން މަންޒަރުދުށް މީހަކާ ހަވާލާދީ ބުނެފައިވަނީ އިސްރާއީލްގެ ސިފައިން ވަނީ މިމީހާއަށް ތަކުރާރުކޮށް އެތައް ފަހަރަކު ހަމަލާދީފަ އެވެ. އަދި އެއަށްފަހު އެމީހާއަށް ފަރުވާދިނުމަށް އިސްރާއީލްގެ ސިއްހީ އެހީތެރިން އަންނަންދެން އެމީހާވަނީ ބިންމަތީގައި ބާއްވާފަ އެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ގަދަކުލައެއްގެ ޖެކެޓަކާއި މަޑު ނޫ ކުލައިގެ ޖިންސެއް ލައިގެން އޮތް މީހަކު ހަރަކާތެއް ނެތި ބިންމަތީގައި އޮންނައިރު އޭނަ ކައިރީގައި އިސްރާއީލްގެ ސިފައިންގެ މީހުންތަކެއް މަޑުކޮށްލައިގެން ތިބޭ މަންޒަރެވެ.

މިހާދިސާއާ ގުޅިގެން އިސްރާޢީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހާ އިސްރާޢީލްގެ ސިފައިންނަށް ހަމަލާދިނުމަށް ވަޅި ހިފައިގެން އަންނަން ފެށުމުން އެތައް ފަހަރަކު މަޑުކުރުމަށް އެންގި ކަމަށެވެ. ނަމަވެސް އެމީހާ މަޑުނުކޮށް ކުރިޔަށް އަންނަން ފެށުމުން ހަމަލާދިނީ ދިފާޢުވުމުގެ ގޮތުންކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިސްރާޢީލްގެ ސިފައިންވަނީ މިސިޓީއަށް ވަދެވެން ހުރި ހުރިހާ ގޭޓްތަކެއް ބަންދުކޮށްފަ އެވެ. ނަމަވެސް ފަހުން މިގޭޓްތައް ހުޅުވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް އެކުލަވާލި ޚާއްސަ ޕްލޭނާއެކު އިސްރާޢީލާއި ފަލަސްތީނުގެ ގުޅުންވަނީ ގޯސްވެފަ އެވެ. އަދި އިސްރާޢީލާއި ފަލަސްތީނާ ދެމެދު ކޮންމެ ދުވަހަކުހެން އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް