ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 20:17
ކޮރޯނާވައިރަސްޖެހިފައިވާ ހާލުދެރަ މީހަކަށް ފަރުވާދެނީ
ކޮރޯނާވައިރަސްޖެހިފައިވާ ހާލުދެރަ މީހަކަށް ފަރުވާދެނީ
ޗެނަލް ނިއުސް އޭޝިއާ
ކޮރޯނާވައިރަސް
ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު 76،000 އަށް ވުރެ މައްޗަށް އަރައިފި
 
ޖަލުތަކުން 512 މީހުން ނޮވެލްކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
އިއްޔެ އަލަށް 379 މީހުން ވައިރަސް އަށް ޕޮޒިޓިވްވި
 
އިއްޔެ އެކަނިވެސް ޗައިނާއިން 109 މީހުން ކޮރޯނާވައިރަސްގައި މަރުވި

ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ޙިއްސާ ކުރުމަށް މިއަދު ހެދުނު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޝަނުގެ މިނިސްޓަރު މާ ޒައޮވެއި ވިދާޅުވީ، އިއްޔެ އެކަނިވެސް ޗައިނާއިން 109 މީހުން ކޮރޯނާވައިރަސްގައި މަރުވެފައިވާކަމަށާއި، މިއާއެކު ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު މިހާރު 2،345 އަށް އަރާފައިވާކަމަށެވެ.

އިއްޔެ އަލަށް 379 މީހުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ޗައިނާގައި ވައިރަސްޖެހިފައި ތިބި މީހުންގެ ޖުމުލަ ޢަދަދަކީ 76،288 ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޗައިނާގެ ޖަލުތަކުގައިވެސް މިހާރު ކޮރޯނާވައިރަސް ފެތުރެމުންދާ ކަމުގެ ޚަބަރު މީޑިއާއަށް ވަނީ ތިލަވެފައެވެ. ޖަލުތަކުގެ ޙާލަތާއި ބެހޭ ގޮތުން ޗައިނާ ސަރުކާރުން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ޖަލުތަކުން 512 މީހުން މިހާތަނަށް އައިއިރު، ނޮވެލްކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށާއި، ކަމާއި ބެހޭ އިސް މަސްއޫލުވެރިންގެ ބެލުމުގެ ދަށުން، އެކަން ޙައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޗައިނާ ސަރުކާރުން ހާމަކުރި ތަފުޞީލު:

ވުހާން ސިޓީގެ އަންހެނުންގެ ޚާއްޞަ ޖަލު: 230 ކޭސް

ވުހާން ސިޓީގެ ޗަޔަންގ ހަންޖިން ޖަލު: 41 ކޭސް

ޝަންގޑޮންގ ޕްރޮވިންސްގެ ރެންޝެންގ ޖަލު: 207 ކޭސް

މީގެތެރޭގައި ޤައިދީންނާއި، ޖަލުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިންވެސް ހިމެނޭކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް