Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 14:22
މިއަދު ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 8،9 އަދި 10 އިން ހާޒިރުވި ދަރިވަރުން ސްކޫލްގެ މައިކޯލްގައި
މިއަދު ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 8،9 އަދި 10 އިން ހާޒިރުވި ދަރިވަރުން ސްކޫލްގެ މައިކޯލްގައި
ރާއްޖެއެމްވީ
ސްކޫލުތަކުގެ ކިޔެވުން ފެށުން
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
ސްކޫލުތަކުގެ ކިޔެވުން ހުޅުވާފައިވަނީ އިންފްލުއެންޒާ އާ ގުޅިގެން ބަންދު ކުރުމަށް ފަހު

ރާއްޖޭގައި ފެތުރެމުންދާ ރޯގާތަކާ ގުޅިގެން ސްކޫލުތައް ބައްދަކުރުމަށް މަހު އާދިއްތަ ދުވަހު އަލުން ހުޅުވި ނަމަވެސް، ސްކޫލުތަކަށް ގޮސްފައިވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމަތު ދިން ބައެއް ޓީޗަރުން ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ހާޒިރީ މިއަދު ވަރަށް ދަށެވެ. ޖަމާލުއްދީން ސްކޫލަށް އަށް ކްލާހަށް ޖުމްލަ 30 ކުދިން ހާޒިރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އަމީނިއްޔާ ސްކޫލުގެ ބައެއް ކްލާސްތަކަށް ހަތަރު ދަރިވަރުން ހާޒިރުވިއިރު، ބައެއް ކްލާސްތަކަށް 7 ދަރިވަރުން އަދި 12 ދަރިވަރުން ވެސް  ގޮސްފައިވެ އެވެ. 

އަމީނިއްޔާ ސްކޫލުގައި އެވްރެޖްކޮށް ކޮންމެ ކްލާހެއްގައި 30 ދަރިވަރުން ތިބޭ އިރު ސެޝަނެއްގައި 700 ދަރިވަރުން ސްކޫލަށް ދާނެ އެވެ. ނަމަވެސް މިއަދު އެ ސްކޫލަށް ހާޒިރުވީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންކަމަށް، ޓީޗަރަކު ވިދާޅުވި އެވެ. 

މީގެ އިތުރުން ދަރުމަވަންތަ އާއި ހިރިޔާ ސްކޫލުގެ އިތުރުން ޕްރައިވެޓް ސްކޫލުތަށް ކަމަށްވާ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް ހާޒިރުވި ދަރިވަރުންގެ އަދަދު މަދުކަމަށް އެނގިފައިވެ އެވެ. އަދި އެހެން ސްކޫލްތަކަށް ވެސް ހާޒިރުވި ދަރިވަރުންގެ އަދަދު ވަރަށް މަދެވެ. 

މިކަމާ ގުޅޭ ގޮތުން، އިތުރު މައުލޫމާތު ސާފު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 މާރޗް 2017 | އާދީއްތަ 10:10
ހާޒިރީ
މިކޮޅުގަވެސް ގާތްގަނޑަކަށް 300 އާ ގާތްކުރާވަރަކަށް ކުދިން ނާދޭ. ހުރިަހއި ކުލާހެއްގެވެސް ހާޒިރީ ވަރަށް ދަށް
26 މާރޗް 2017 | އާދީއްތަ 09:56
ނާޒިމް
ސަރުކާރުން އެމީހުންގެ އަމިއްލަ ކަންކަމަށް ކުދިން ގުރުބާންކުރާނީ .