Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 06:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް
ޓްވިޓަރ
އެމްޑީޕީ ޖަލްސާ
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
ދާއިރާއެއްގެ މެމްބަރަށް ގުޅާފައި ރައްޔިތުން އެދުން ޖެހޭ މަސީހާއި ދެކޮޅަށް ވޯޓް ދިނުމަށް
ރާއްޖެ ހަމަހަމަގަށް އެޅުވުމަށް ފަހު އިދިކޮޅު ފަރާތަށް މަސައްކަތް ހުއްޓާލާނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އަންނަ ހޯމަ ދުވަހު ނަގާ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބުވާނެ ކަމަށާއި އެދުވަހު ވީހާވެސް ގިނަ ރައްޔިތުން މާލެ އެރުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ގޮވާލާއިފިއެވެ.

 

"ލާމަރުކަޒީ ރާއްޖެ" ނަމުގައި ހޮނިހިރު ރ އަތޮޅު އިންނަމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ އަންނަ ހޯމަ ދުވަހަކީ އިދިކޮޅު ސިޔާސީ ޕާޓީތަށް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންނަން ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ދެއްވުމަށް ކޮންމެ ރައްޔިތަކު ވެސް އެދާއިރާއެއްގެ މެމްބަރަށް ގުޅާފައި ދަންނަވަން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

 

" އަޅުގަނޑުމެންނަން އިންތިހާބު ލަސްކުރާނީ ކީއްވެގެން އިނގޭ، 27 ވަނަ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް، އަޅުގަނޑުމެންނަން މިހާރު ހަމަ ޔަގީނާއި ގާތަށް އެބައިނގޭ މަސީހު އެމަގާމުން ބޭރުވާނެ ކަން ، އަޅުގަނޑު އެދުން އެދާއިރާއެއްގެ މަޖިލީހުގެ މެމްބަރަށް ގުޅާ އާދޭސް ދަންނަވަންވީ، މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވަން " އަލީ ނިޔާޒު ވިދާޅުވިއެވެ.

 

ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝިދާއި ، ޕީޕީއެމްގެ ރައީސް މުއުމޫން އަބްދުލް ގައްޔޫމާއި، ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އެކުގައި މަސައްކަތް ކުރައްވަނީ ހަމަ އެކަނި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ކުރައްވަން ނޫން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެ ހަމަހަމަގަށް އެޅުވުމަށް އެ ހަތަރު ލީޑަރުން އެކުގައި އެކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވުމަށްޓަކައި އަތޮޅުތެރޭގެ ރައްޔިތުން އަންނަ ހޯމަ ދުވަހު މާލެ އަރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

"އަޅުގަނޑުމެންގެ މި މަސައްކަތަކީ އަންނަ ހޯމަ ދުވަހުން ނިމޭނެ މަސައްކަތެއް ނޫން، އިއްޔެ ވަނީ ހަތަރު ސިޔާސީ ލީޑަރުން އެއްބަސް ވުމެއްގައި ސޮއިކޮށްފައި ، އަޅުގަނޑު އެދުން ވީހާވެސް ގިނަ މީހުން މިސައްކަތުގައި ބައިވެރިވުމަށް މާލެ ދިއުމަށް" އަލީ ނިޔާޒު ވިދާޅުވިއެވެ.

 

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ލާމަރުކަޒީ ނިޒާމް އޮތް ހާލާތާމެދު ފުންކޮށް ވިސްނާލައި، އެ ނިޒާމް އޮތް ހިސާބު ވަޒަން ކުރަން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާއި، ބާރުތައް ހަނިކޮށްފައިވާއިރު ، ދިވެހި ރައްޔިތުން އެދެނީ އެމްޑީޕީ ވެރިކަމުގައި ކައުންސިލްތަށް ހިންގަން ލިބުނުފަދަ ބާރުވެރިކަން އޮތް ލާމަރުކަޒީ ނިޒާމެއް ކަމަށް އެނާ ވިދާޅުވިއެވެ.

 

ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކަށް ބާރުވެރިކަން ދީފައިވާ ކަން ފާހަގަކުރަމުން ނިޔާޒު ވިދާޅުވީ އެވެރިކަމިގައި އިންތިހާބު ކުރި ކައުންސިލްތަކަށް މަސައްކަތް ކުރެވުނީ އެންމެ 11 މަސް ދުވަސް ތެރޭގައި ކަމަށާއި އެކައުންސިލްތަކުން ކުރި މަސައްކަތް ފެންނަން އެބައޮތް ކަމަށެވެ.

 

"އަޅުގަނޑުމެން އެދެނީ އެމްޑީޕީ ސަރުކާރުގައި ވެސް އޮތް ކަހަލަ ކައުންސިލްތަކެއް ގާއިމްކޮށްދޭން ، އެމަސައްކަތް ކުރުމަށް އެބަޖެހޭ އެމްޔޫއޯގެ ކެނޑިޑޭޓުންނަން ވޯޓް ދޭން ، ލާމަރުކަޒީ ގާނޫނަނީ ، ލާމަރުކަޒީ ވިސްނުމަކީ އެމްޑީޕީން އިސްވެ އޮވެ ކުރި މަސައްކަތެއް، އެމްޑީޕީ ވެރިކަމުގައި ކައުންސިލް ތަކަށް އެމްޑީޕީން ހަވާލުކުރި ގިނަ މަސައްކަތް ވަނީ ކާމިޔާބުކޮށްފައި" އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

 

އެގޮތުން ގިނަ ރަށްތަކުގައި ލޭންޑް ޔޫސް ޕްލޭން ހަދާއި ، ކައުންސިލްތަކުން އެރަށުގެ ތަރައްޤީއަށް ވިޔަފާރި ބިމާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ވެސް ދޫކޮށްފައިވާ ނިޔާޒު ވިދާޅުވިއެވެ.އެހެންނަމަވެސް މިއަދު ކައުންސިލްތަކުން މި ބާރުވެރިކަން ނިގުޅާއިގެންފައިވާއިރު ، މިނިޒާމް ހަރުދަނާކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމަށް ނޫނަނޭ ބުނަން ޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ.

"ގިނަ ރަށްތަކުގައި ލޭޑް ޔޫސް ޕްލޭން ވެސް ހަދާފައި ، އެކަން އަޅުގަނޑު ވަރަށް ކައިރިން ދެނުކުނިން ، ނ، ރ،ބ،ޅ ގެ ތައްޤީގެ ޕްލޭން ވެސް ވަނީ ހެދިފައި ، އެބާރު އަނެންކާވެސް ގެނެއުމަށްޓަކައި ވެރިކަމަށް ގެންނަން އެބަޖެހޭ މިކަން ދަންނަ ބައެއް، މިސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްފައި، ބާރުވެރިކަން ނަގާލާފައި، އެ ވިސްނުމުގައި ތިބި ބަޔަކަށް ލާމަރުކަޒީ ނިޒާމް ހަރުދަނާއެއް ނުކުރެވޭނެ" އަލީ ނިޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް