ބިދޭސީންތަކެއް ލައްވާ ސަރުކާރުގެ ވެހިކަލެއްގައި މާލޭގެ މިސްކިތަކުން ކީރިތި ޤުރުއާންގެ މުސްހަފްތަކެއް ވަރަށް އިޙްތިރާމް ކުޑަގޮތަކަށް އުފުލި މައްސަލައެއް ހޫނުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ މުސްހަފްތަކެއް ސަރުކާރުގެ ޕިކަޕެއްގެ ތެރެއެއަށް އެއްވެސް އިޙްތިރާމެއްނެތި އެގޮތް މިގޮތައް އުކާލާފައިވާ މަންޒަރެވެ. އަދި ބިދޭސީންތަކެއް އެމުސްހަފްތައް އުކާލާފައިވާ ޕިކަޕްތެރޭގައި އިށީނދެ ތިބޭތަން ވެސް ފެނެއެވެ.
މަންޒަރުދުށް ބައެއް މީހުން ރާއްޖެ އެމްވީއަށް ބުނީ އެމުސްހަފްތައް ޕިކަޕަށް އޮއްސާލީ ކަމަށެވެ.
އިހްތިރާމް ކުޑަކޮށް މުސްޚަފްތައް އުފުލާފައިވަނީ AC2A G1089 ނަމްބަރު ޕިކަޕުގައެވެ. ނަމަވެސް އެ ޕިކަޕަކީ ސަރުކާރުގެ ކޮން އިދާރާއެއްގެ ޕިކަޕެއްކަމެއް ނޭނގެ އެވެ.
މި އިހްތިރާމްކުޑަ އަމަލާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައްބަޔަކުދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އެފޮޓޯތައް ޓެގްކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ މިހާލަތަށް ޤައުމު ވެއްޓުމުން ބިރުހުރި ހިސާބަކަށް ގޮސްފައިވާ ކަމަށެވެ.
މިފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ދިއުމުން ބާރުގަދަ ކޯފާއަކަށް އަމިއްލައަށް އެދެނީކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެފައިވެއެވެ.
މާތް ﷲގެ ބާވާތްލެއްވި ފޮތަށް އިހްތިރާމެއް ނެތުމުން ދީނާ ބެހޭ މުއައްސަސާތައް ކޮބައިތޯއާއި ޒިންމާ ކޮބައިތޯވެސް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
Allah ge kalaanfulhu Keerithi Quran ah ihuthiraameh nei! Kobaa Qaumugai thibey Dheenaa behey muassassaathah! zinmaa kobaa! pic.twitter.com/m0V0fE4jYR
Rahoo (@RahoooStar) March 25, 2017