ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 08:36
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ
ހިންދުސްތާނީ ޓައިމްސް
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ޖެހިގެން 2112 މީހަކު މަރުވެއްޖެ
 
މިބައްޔަށް މިހާތަނަށް ފަރުވާ ހޯދިފައެއްނުވޭ
 
74534 މީހުން ކޮރޯނާވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައި
 
ބުދަ ދުވަހުގެ ނިޔަލަށް ޗައިނާގެ ހޫބޭ ޕްރޮވިންސްއިން އެކަނި ވެސް 108 މީހަކު ވަނީ މަރުވެފައި

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެންކޯވް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން 2112 މީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 2112 މީހަކު ކޮރޯނާވައިރަސްގެ ސަބަބުން މަރުވެފައިވާއިރު، ބުދަ ދުވަހުގެ ނިޔަލަށް ޗައިނާގެ ހޫބޭ ޕްރޮވިންސްއިން އެކަނި ވެސް 108 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 74534 އަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ އަދިވެސް ޗައިނާއިންނެވެ.

ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ ނުވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިރާނުން ކޮރޯނާވައިރަސްގެ 2 ކޭސް މިހާރު ވަނީ ފެނިފައެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ސިއްހީ މާހިރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިހާތަނަށް މިބައްޔަށް ފަރުވާއެއް ހޯދިފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް