Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 17:21
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ
ފާރިސް ހުންނެވީ އެއަށް ވުރެ މާ ސާބިތުކަމާއެކު
ޕާޓީތައް ގުޅިގެން ހިންގާ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ފާރިސް
ތިން ދުވަހުގެ ތެރޭގައި ފަސް ފަހަރު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ހިތްވަރު އެލުވައެއް ނުލެވޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 

މުސްތަފާ އެހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަސް ފަހަރުގެ މަތިން ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުންނެވެ.

 

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެންބަރު ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ ކަމަށާއި ފާރިސް ހުންނެވީ އެއަށް ވުރެ މާ ސާބިތުކަމާއެކު ކަމަށެވެ. މުސްތަފާ ވަނީ ފާރިސް އަށް ސާބަސް ވެސް ދެއްވާފަ އެވެ.

މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އިދިކޮޅު ޕާޓީތައް ގުޅިގެން ހިންގާ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހުންނަވަނީ ފާރިސް އެވެ. އެހެންކަމުން، ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ އެންމެ ބޮޑު ފާޑުކިޔުމެއް ވެސް އަމާޒުވެފައިވަނީ ވެސް ފާރިސް އަށެވެ.

 

އެންމެ ފަހުން ފާރިސް ފުލުހަށް ހާޒިރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ނިކުމެވަޑައިގެން ފާރިސް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ތިބި ނުފޫޒުގަދަ ސިޔާސީ ފަރާތްތަކުން އޭނާ ހައްޔަރުކުރުމަށް މަސައްކަތްކުރާ ކަމަށާއި، ނަމަވެސް އޭނާ ހައްޔަރުނުކުރެވޭނެ ކަމަށެވެ.

 

ފާރިސް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތެއްކުރާނަމަ އެއީ ކޮން ތުހުމަތެއްކަން ވެސް ސާފުނުވާ ކަމަށެވެ. އަދި ވާހަކަތައް އިވެނީ އެކިފަހަރު، އެކިގޮތަށް ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ތިން ދުވަހުގެ ތެރޭގައި ފަސް ފަހަރެއްގެ މަތން ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ފާރިސް ފުލުހަށް ހާޒިރުކުރަނީ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދާ ގުޅިގެން 2008 ވަނަ އަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ހުރި ބައެއް ކަންކަމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް