Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 16:59
ސްޓެލްކޯ
ސްޓެލްކޯ
ގޫގުލް
ކަަރަންޓް ކެނޑުން
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
މާލެއިން ކަރަންޓް ގޮސްފައިވަނީ ގާތްގަނޑކަށް އެއް ގަޑިއިރަށް

ކަރަންޓް ދިނުމަށް ބޭނުންކުރާ މައި ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ހަލާކުވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ހިނގައްޖެ އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައި ވަނީ ކޭބަލް ޑެމޭޖަކުން ކަމަށާއި ކަރަންޓް ދިޔަ ސަރަހައްދުތަކަށް މާގިނައިރުތަކެއް ނުވެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. 

ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތުގެ ތެރެއިން ބައެއް ސަރަހައްދުތަކަށް ސްޓެލްކޯގެ ޓީމްތައް ގޮސް ވެސް ކަރަންޓް ދެވިފައިވާ ކަމަށެވެ.

މާލޭގެ ބޮޑު ބަޔަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓް ކަނޑައިގެން ދިޔައެވެ. ކަރަންޓް ދިއުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެނުގެ ޕްރެޝަރު ދަށްވެ ފެން ލިބުމުގައި ވެސް ދަތިތަކެއް ކުރިމަތިވިއެވެ.

ހޮނިހިރު ދުވަހު ކަރަންޓް ގޮސްފައިވާ އިރު މިމަހުގެ 5 ވަނަ ދުވަހު ވެސް ވަނީ މުޅި މާލެއިން ކަރަންޓް ގޮސްފަ އެވެ. އެދުވަހު ގާތްގަނޑަކަށް މެންދުރު 13:00 އިން 16:00 އަށް ކަރަންޓް ކެނޑުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދުވަހު ވެސް ކަރަންޓާ އެކު ފެން ކެނޑި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ލިބިފައެއް ނުވެއެވެ.

އެފަހަރު ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް ވަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ކަރަންޓް ކެނޑުނީ އެ ކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެފަދަ މެއިންޓެނަންސް މަސައްކަތެއް ވެސް ކުރަމުން ނުދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް