Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 06:07
ގުޅިފައިވާ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
ޖޭޕީ އެމްޑީޕީ
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
ހަތަރު ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް
ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ފަށަން ލަސްވެއްޖެ ކަން ގަބޫލުކުރޭ
ގައުމުގައި އިސްލާހު ކުރަން ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ލީޑަރުން ގުޅިގެން ކުރާނެ

މިހާރު ރައްޔިތުންގެ މަޖިލީޖހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަންނާނީ އަޣުލަބިއްޔަތާއެކުގައި ކަމަށާއި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސިޔާސީ ލީޑަރުން ދެމެތިބޭނެ ކަމަށް އެމްޑީޕީގެ ޕާލަމެޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއެކު އެމްޑީޕީގެ ލީޑަރާއި ޖޭޕީގެ ލީޑަރާއި އަދާލަތު ޕާޓީގެ ލީޑަރުގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސޮއިކުރެއްވި އެއްބަސްވުން ހާމަ ހާމަކުރެއްވުމަށްޓަކައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އެކުލަވާލެވުނީ ހަމައެކަނި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް ނޫން ކަމަށެވެ.

ލީޑަރުންގެ މެދުގައި ވެސް ސިޔާސީ ހިޔާލްތަފާތުވުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ ހުރިހައި ހިޔާލްތަފާތުވުމެއް އެއްކިބާ ކުރުމަށް ހަތަރު ސިޔާސީ ލީޑަރުން އެއްބަސްވުމަކަށް އައީ މިހާރު ކުރިމަތިވެފައިވާ ކަންކަން ހައްލުކުރަން ގައުމީ މަސައްކަތުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެން ކަމުން އެއްބަސްވުމުގައިވާ މަގުސަދުތައް ހާސިލް ކުރެވެންދެން ނުވަތަ ބޭނުންވާ މަންޒިލާ ހަމައަށް ވާސިލްވެވެންދެން ހަތަރު ލާޑަރުން އެކުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޖޭޕީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގައުމުގެ ކަންކަން ހަމަމަގުންދާ ނަމަ މިފަދަ ގޮތަކަށް ހަތަރު ސިޔާސީ ލީޑަރުން އެއްވާން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަމިއްލަފުޅަށް ސަރުކާރުގެ ތެެރެއިން ބޭރުވީނޫން ކަމަށާއި ސަރުކާރުން އެމަނިކުފާން ބޭރުކޮށްލީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒް ވިދާޅުވީ މިހާރު ގައުމުގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އަދާލަތު ޕާޓީގެ ރައީސް ޝޭޙް އިމްރާން އަބްދުﷲގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އބްރާހީމް އެކުގައި މަސައްކަތް ކުރުމަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް ކަމަށެވެ.

އެގޮތުން ރިޔާޒް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ތާއިދު އޮތް ހަތަރު ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުމުން ނަތީޖާތަކެއް ނިކުންނާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. 

 ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ހުރިހައި އެންމެން ވެސް އެއްބަޔަކު އަނެއް ބައެއްގެ ފިކުރަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށާއި އަދި އެއްބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ކަަމުން ހަތަރު ލީޑަރުންގެ މެދުގައި މިވެވުނު އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ގެއްލިފައިވާ އެތައް ހައްގުތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި އެކުގައި ގުޅިގެން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރެވޭނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ގައުމުގެ މިހާރު މިއޮތް ހާލަތުން ސަލާމަތް ކުރުމަށް ހުރިހައި ރައްޔިތުން އެއްއަޑަކުން ގުޅިގެން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެހެން ކަަމުން ހަތަރު ސިޔާސީ ލީޑަރުންގެ މެދުގައި މި ސޮއި ކުރެވުނު އެއްބަސްވުމަކީ ވަރަށް ގިނަ ރައްޔިތުން އެދިއެދި ތިބ ކަމެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ލީޑަރުން އެއްބަސްވުމެއްގެ ދަށުން ގުޅިގެން މަސައްކަތް ކުރުމަށް ލަސްތަކެއް ވެގެން ހިނަގައްޖެކަން ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހު ކުރަން އުޅޭ ކަންތައްތަކަކީ ރައްޔިތުން އެއްއަޑަކުން އެދިއެދި ތިބ ކަމެއް ކަން ފާރިސް ފާހަގަ ކުރެއްވިއެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ މެދުގައި ސޮއި ކުރެވުނު އެއްބަސްވުމަކީ ހަމައެކަނި މަޖިލީހުގެ ތެެރއިން މިވަގުތު ކުރަން އުޅޭ މަސައްކަތް ނިމުމުން ނިމުމަކަށް އަންނާނެ އެއްބަސްވުމެއް ނޫން ކަމަށާއި ކުރިއަށް ކަންތައްތައް އިސްލާހު ކުރުމަށް ވެސް އެއްބަސްވުމުގައިވާ ގޮތަށް ސިޔާސީ ލީޑަރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 މާރޗް 2017 | ހޮނިހިރު 15:22
ވައްޑޭ
ތިޔަ މަސައްކަތް ކޮންމެހެން ވެސް މެދު ނުކެނޑި ކުރަން އެބަ ޖެހޭ. އެންމެ ބޮޑު މައްސަލަ އަކީ ކޮރަޕްޝަން މިއޮތީ ހައްދުން ނެއްޓިގެން ގޮސް ގައުމުގެ ހިންގުން ހުއްޓުމަކަށް އައިސަ. އަތޮޅު ތެރޭގެ ގިނަ ރަށް ތަކެއްގައި ފެނާއި ނަރުދަމާ އެޅުމަށް އޯފިޑުން ހަމަ ޖެހިފައި އޮތް 50 މިލިއަން ޑޮލަރގެ ފަންޑުގެ ދަށުން މަދު ރަށް ތަކެއް ކޮންޓްރެކްޓަރުންނާއި ހަވާލު ކޮށްފައި ދެން ބާކީ ހުރި ރަށް ތަކުގެ މަސައްކަތް ހަވާލު ނުކޮށްގެން އުޅެނީވެސް އެފަންޑުން ބޮޑު ވައްކަން ކުރަން ރާވާ ޕްލޭނެއްގެ ދަށުންނެވެ. ރައީސް އޮފީސް ތެޜޭ އޮންނަ ޒުހޫރުގެ ވަގު ކައުންސިލް ޓީމުން މިހާރު އޮތީ އެނަރޖީ މިނިސްޓަރީ އަށް އަންގާފައި. މިބުނި އޯފިޑް ފަންޑުގެ ދަށުން ފެނާއި ނަރުދަމާ ގާއިމުކުރާ އިތުރު ރަށްތަކުގެ މަސައްކަތުގައި ސަރުކާރުން ބޭނުން ވަނީ ކޮންޓްރެކްޓަރ އަށް ހަމަ އެކަނި ލޭބަރ ކޮންޓްރެކްޓެއް ދީގެން މެޓީރިއަށް ސަރުކާރު ބޭނުންވާ މީސް މީހުންނަށް ދީގެން ސަޕްލައި ކޮށްދޭ އުސޫލުންނެވެ. މިފަދަ މަޝްރޫއަށް މެޓީރިއަލް ގަތުމަކީ ކޮރަޕްޝަން މަގުން ބޮޑެތި އަދަދު ޕަކަޅާ ކޮށްލެވޭ ކަމެކެވެ. ނުއަގުގައި ފޭކް މެޓީރިއަލް ގެނެސް އޮއްސާލާފައި ފައިސާ ގަނޑު ނެގުމަށެވެ. ކޮންމެ އަކަސް މިގޮތައް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އޯފިޑްގެ އެޕްރޫވަލް ހޯދަން ލިޔުނީމާ އޯފިޑުން ޖަވާބު ދިނީ އެ އުސޫލުން ކުރާކަށް އެޕްރޫ ނުދެވޭނެ ކަމަށެވެ. އެމީހުންގެ ޕްރޮކިއުމެންޓް ސްޓަންޑަރޑާއި ޚިލާފު ވާތީ އެވެ. ވައްކަން ކުރަން އުޅުމުން މި އިޝޫ ދިމާވީމާ މިހާރު ރައީސް އޮފީހުން އެނަރޖީ މިނިސްޓަރީއަށް އަންގާފައި އޮތީ ދެން އިތުރަށް އޯފިޑުގެ ފަންޑު ބޭނުން ނުކޮށް އެމަޝްރޫއު ތައް ކުރިއަށް ގެންދާން. ބުނާ އިރު ބަޖެޓުން މިކަން ކަން ކުރާނެ ފައިސާ ނެތިގެން މިއުޅެނީ. މިފަދަ ސަބަބު ތަކާ ހުރެ މިހެން ފަންޑު މުޅިން ހަމަ ޖެހިފައި ހުރި އަދި ހަމަ ޖެހެން ހުރި މިފަދަ ފަންޑުގެ ދަށުން ކަންކަން ނުވެ ލަސްވެގެން ދަނީ. މިއީ ދެން ވައްކަން ކުރިޔަސް ބޮޑުވަރު .