ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 23:10
ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރވެމުންދާ މަސައްކަަތް، ރައީސް ޝީޖިންޕިން ބައްލަވާލައްވަނީ
ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރވެމުންދާ މަސައްކަަތް، ރައީސް ޝީޖިންޕިން ބައްލަވާލައްވަނީ
ޒިންހުއާނެޓް
ނޮވެލް ކޮރޯނާ ވައިރަސް
ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނެ: ޗައިނާގެ ރައީސް
 
އެންމެ ގިނަ މީހުން މަރުވެފައިވަނީ ހޫބޭ ޕްރޮވިންސުން
 
ވައިރަސް ފެތުރެން ފެށީ ވޫހަން ސިޓީން
 
ބަލީގެ ސަބަބުން މީހުން މަރުވާ އަދަދު ވަނީ ކޮންޓްރޯލް ވެފައި

ހަލުވިކަމާއި އެކު ފެތުރުމުންދާ ކޮރޯނަ ވައިރަހާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ ކާމިޔާބީ ހޯދޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޙާލަތު ވަރަށް ސީރިއަސް ކަމަށް އެ ޤައުމުގެ ރައީސް ޝީޖީޕިން ވަނީ، ހޯމަ ދުވަހު ވިދާޅުވެފައެވެ. ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން ވެރިރަށް ބެއިޖިންގައި ވާހަކަ ދައްކަވަމުން ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީއާ އަސްކަރިއްޔާގެ ޗައިނާގެ ހުރިހާ ދަރިފަސްކޮޅުގެ ރައްޔިތުން ތިބީ ހޫބޭ އަދި ވޫހަން ރައްޔިތުންނާއި އެކު ކަމަށެވެ.

ވޫހާން ސިޓީއަކީ ކޮރޯނާ ފެތުރެން ފެށި މައި މަރުކަޒެވެ. ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ފެށީ ވޫހާން ސިޓީގެ ސީފުޑް މާރުކޭޓުންނެވެ.

މި ބަލީގެ ސަބަބުން 980 މީހަކު ވަނީ މަރުވެފައެވެ. އަދި 40 ހާސް މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޗައިނާއިން ވަނީ ބުނެފައެެވެ. ވައިރަހުން ސަލާމަތްވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ތަޢުރީފު ކުރަމުންނެވެ. އެކަމަކު އަދި މިހާތަނަށް މި ބައްޔަށް ވެކްސިން އެއް ހޯދިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
83%
0%
0%
0%
ކޮމެންޓް